ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 05:23
އެތައް ސަތޭކަ ރޮކެޓުތަކާއެކީ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ދަނީ ކުރިއަށް
އެތައް ސަތޭކަ ރޮކެޓުތަކާއެކީ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ދަނީ ކުރިއަށް
ރޮއިޓާރސް
ފަލަސްތީނުގެ ހާލަތު
ހަތް ދުވަސްތެރޭ ޣައްޒާގެ 1900 މީހުން ޝަހީދުކޮށްލައިފި
ޝަހީދުވި މީހުންނާއި އެކިވަރުގެ ޒަހަމްވެފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ އަކީ އަންހެނުންނާއި ކުޑަކުދިން

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ހަތް ދުވަސްވެފައިވާއިރު ޝަހީދުކޮށްލި މީހުން 1900ށް އަރާފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ މީހުންގެ އަދަދު 7696ށް އަރާފައިވާކަމަށްވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން ހުކުރު ދުވަހު އެކަނިވެސް ހުޅަނގު އައްސޭރިން 14 މީހުން ޝަހީދުކޮށްލާފައިވާއިރު މިހާރު ހުޅަނގު އައްސޭއިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 49ށް އަރާފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި ޝަހީދުވި މީހުންނާއި އެކިވަރުގެ ޒަހަމްވެފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ އަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

މުޅި ޣައްޒާ ބަންދުކޮށް ހުރިހާ ވަސީލަތްތަކެއް ކަނޑާލުމަށްފަހު އިސްރާއީލުން ޣައްޒާއަށް ވަޔާއި އެއްގަމާއި ކަނޑުމަގުން ހަމަލާ ދެމުންދާއިރު ޣައްޒާ ދޫކޮށްދާ މީހުންނަށް އަމާޒުކޮށްގެންވެސް އިސްރާއީލުން އަންނަނީ ހަމަލާދެމުންނެވެ. އެގޮތުން ހުކުރު ދުވަހު ޣައްޒާ ދޫކޮށް ދިޔުމަށް މަސައްކަތްކުރި ބަޔަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 70 މީހުން ޝަހީދުކޮށްލާފައިވާކަމަށާއި އޭގެތެރޭގައިވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންކަމަށް ހަމާސް އިން ބުނެއެވެ.

އަނެއްކޮޅުން ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ތަމްސީލުކުރާ 1.1 މިލިއަން މީހުން ދިރިއުޅޭ ޣައްޒާގެ އުތުރުގެ ސަރަހައްދު 24 ގަޑިއިރުގެ މުއްދަތެއްގެ ތެރޭގައި ހުސްކުރުމަށް އިޒްރޭލްގެ އަސްކަރިއްޔާއިން ހުކުރު ދުވަހު އަމުރު ވަނީ އަމުރުކޮށްފައެވެ. އެއާއެކު އެތައް ހާސް ބަޔަކު އެސަރަހައްދު ދޫކޮށްދާން މަސައްކަތްކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް