ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 22:38
މާޓިނެލީ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ރޮއިޓަރސް
މާޓިނެލީ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ރޮއިޓަރސް
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
މޮޅަށް ކުޅެ، އާސެނަލްއިން ޗެމްޕިއަން ސިޓީ ބަލިކޮށްފި
 
މެޗު އާސެނަލްއިން ކާމިޔާބުކުރީ 1-0ން

އެންމެ ފަހުން ލީގު ޗެމްޕިއަންކަމާ ގާތުން ވާދަކުރި އާސެނަލްއިން މޮޅަށް ކުޅެ, ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި އާސެނަލްއިން ސިޓީ ބަލިކުރީ 1-0ންނެވެ. މުޅި މެޗުގައިވެސް ބޯޅަ ހިފަހައްޓައިގެން ފުރުސާތުތައް ތަނަވަސްކޮށް، މޮޅަށް ކުޅުނު އާސެނަލް މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ގެބްރިއެލް މާޓިނެލީއެވެ. ދެވަނަ ހާފްގައި ކުޅެން ނިކުމެ, މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަތްއިރު، ސިޓީގެ ކީޕަރު އެޑަސަންއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ބޯޅަ ގޯލަށް ވަނީ ޑިފެންޑަރ ނަތަން އަކޭއަށް ބޯޅަ ދިފާއު ނުކުރެވި, ކީޕަރަށްވެސް ބޯޅައިގެ މިސްރާބު އޮޅިގެންނެވެ. މެޗު ފަށައިގެން އެންމެ ފުރަތަމަ ލަނޑުޖަހަން ފުރުސަތު ލިބުނީވެސް ނަތަން އަކޭއަށެވެ. އެކަމަކު ހުހަށް ހުރެ ލިބުނު ފުރުސަތު ފޮނުވާލެވުނީ މަތިންނެވެ.

މެޗަށް ނިކުތްއިރު ސިޓީގެ މިޑްފީލްޑަރ ރޮޑްރީ ހުރީ އަނިޔާގައެވެ. އޭގެކުރިން ކެވިން ޑި ބުރޭނާވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ. ސިޓީގެ މެދުތެރޭގައި މަސައްކަތްކުރީ ކޮވަސިޗްއާއި, ބާނާޑޯ ސިލްވާއާއި ލެވިސްއެވެ. އާސެނަލްގައިވެސް މޮޅަށް ކުޅެމުން އަންނަ ސަކާ، އަނިޔާގެ ސަބަބުން ނުކުޅެއެވެ. މިއީ މިސީޒަންގެ ލީގުގައި ސިޓީގެ ދެވަނަ ބައްޔެވެ. ފުރަތަމަ ބަލިވީ ވުލްވްސް އަތުންނެވެ.

މިބައްޔާއެކު ކުރިން އެއްވަނާގައި އޮތް ސިޓީ ވަނީ ތިންވަނައަށް ސޮއްސާލާފައެވެ. އަދި އާސެނަލް ވަނީ 20 ޕޮއިންޓާއެކު ދެވަނައަށް ޖެހިލާފައެވެ. އެއްވަނާގައި ޓޮޓެންހަމް އޮތީވެސް 20 ޕޮއިންޓާއެކުއެވެ. ސިޓީ އޮތީ 18 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް