ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 14:46
ހަމަސް އިން އިސްރާއީލަށް ދިން ރޮކެޓް ހަަމަލާ
ހަމަސް އިން އިސްރާއީލަށް ދިން ރޮކެޓް ހަަމަލާ
އަލް ޖަޒީރާ
ހަމަސް އިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާ
ހަމާސް އިން އިސްރާއީލަށް ފުލު ފުލުގައި ހަމަލާތަކެއް ދީފި
މި ހަމަލާގައި އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ
ސިފައިން ވަނީ ބޮންބް ޝެލްޓަރތައް ކައިރީގައި ތިބުމަށް އިލްތިމާސްކޮށްފަ
ހަމާސްއިން ވަނީ ހުޅަނގު އައްސޭރީގައި ތިބި ދެކޮޅުވެރި ހަނގުރާމަވެރިންގެ އިތުރުން އަރަބި އަދި އިސްލާމީ ގައުމުތަކަށްވެސް އެ ހަނގުރާމައިގައި ބައިވެރިވުމަށް ގޮވާލާފަ

ހަމާސް އިން އިސްރާއީލް އަށް ރޮކެޓް ހަަމަލާއެއް ދީފިއެވެ.

ބްލޮކޭޑްކޮށްފައިވާ ފަލަސްތީނުގެ އެންކްލޭވްގެ ހަނގުރާމަވެރިން އިސްރާއީލަށް ވަދެ، ރޮކެޓް ހަމަލާއެއް ދީފިއެވެ.

ހޮނިހިރު ދުވަހު ގެ ހެނދުނު ދިން މި ހަމަލާގައި އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުގެ ދެކުނާއި މެދުތެރޭގެ އެކި ހިސާބުތަކުގައި ވައިގެ ހަމަލާތަކުގެ ސައިރެންތައް ދެމުން ދިޔައިރު، ސިފައިން ވަނީ ބޮން ހިޔާ ތަންތަނާ ކައިރީގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.

ފަލަސްތީނުގެ ޖަމާއަތް ހަމާސްގެ ހަތިޔާރު އެޅި ވިންގުން ވަނީ ވައިގެ މަގުން ދިން ހަމަލާގެ ފަހަތުގައި ތިބިކަން އިއުލާންކޮށް، އެ ޖަމާއަތުގެ ހަނގުރާމަވެރިން 5،000 އަށް ވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާ ކަމަށް ބުނެފައެވެ.

ހަމާސްއިން ވަނީ ހުޅަނގު އައްސޭރީގައި ތިބި ދެކޮޅުވެރި ހަނގުރާމަވެރިންގެ އިތުރުން އަރަބި އަދި އިސްލާމީ ގައުމުތަކަށްވެސް އެ ހަނގުރާމައިގައި ބައިވެރިވުމަށް ގޮވާލާފައެވެ.

2007 ވަނަ އަހަރު ހަމާސް ޖަމާއަތުން ވެރިކަމާ ހަވާލުވުމާ ގުޅިގެން އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހުރަސްތަކެއް އަޅާފައެވެ. މިކަމާއި ގުޅިގެން ފަލަސްތީން އަދި ޣައްޒާގެ މެދުގައި ދަނީ އެތައް ހަނގުރާމަތަކެއް ކުރެވެމުންނެވެ.

މި އަހަރުގެ މިހާތަނަށް 247 ފަލަސްތީނުގެ ރައްޔިތުންނާއި، 32 އިސްރާއީލުގެ ރައްޔިތުންގެ އިތުރުން އެ ގައުމުތަކަށް ނިސްބަތްނުވާ 2 މީހުން މި ހަނގުރާމަތަކުގައި މަރާލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް