Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 12:10
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު
ރައީސް އޮފީސް
އެމްްޑީޕީ
"އެމްޑީޕީއާ ގުޅެން ނަޝީދު މެސެޖު ކުރެއްވި، މިއީ ވަކި މީހަކު ހުރެގެން ނޫނީ ނެތިގެން ހިނގާ ޕާޓީއެއް ނޫން"
ޤައުމީ މަޖިލީހުގެ 50 އިންސައްތަ ހޯދައިގެން ޕާޓީއަށް ގުޅުމަކީ ކޮންމެހެން އޮންނަ ގޮތެއް ނޫން
އެމްޑީޕީއަށް މެމްބަރުން ވަނުމުގައި އޮންނަ އުސޫލެއް އެބައޮތް
އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ އެމްޑީޕީއަށް ފައިދާހުރި ގޮތަށް

އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ބޭނުންފުޅުވެގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މެސެޖު ކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ %50 ތާއީދު އޮތްނަމަ، އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާއިރު، އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، ޤައުމީ މަޖިލީހުގެ 50 އިންސައްތަ ހޯދައިގެން ޕާޓީއަށް ގުޅުމަކީ ކޮންމެހެން އޮންނަ ގޮތެއް ނޫންކަމަށެވެ.

އެމްޑީޕީއަކީ ވަކި މީހަކު ހުރެގެން، ނުވަތަ ވަކި މީހަކު ނެތިގެން ހިންގާ ޕާޓީއެއް ނޫންކަމަށާއި، ވަކި މީހަކު ގެނައުން އެމަނިކުފާނަކަށް މުހިއްމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޕާޓީއަށް ވައްދައިދިނުން އެދި ނަޝީދުވެސް އެމަނިކުފާނަށް މެސެޖު ކުރައްވާފައިވާކަމަށެވެ.

Advertisement

އެހެންނަމަވެސް، އެމްޑީޕީއަށް މެމްބަރުން ވަނުމުގައި އޮންނަ އުސޫލެއް އެބައޮތްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޕާޓީއަށް ވަންނަން އެދޭ ފަރާތަަކަށް ފޯމު ހުށައެޅުއްވޭނެކަމަށެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީ ޤައުމީ މަޖިލީހުގެ ގާތްގަނޑަކަށް 99 އިންސައްތަ މެމްބަރުންގެ ރޫހު ހުރީ ނަޝީދަށް ޕާޓީން ފުރުސަތު ނުދިނުމަށްކަމަށެވެ.

އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ އެމްޑީޕީއަށް ފައިދާހުރި ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި މި ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން "އިބޫ ނޫން ގޮތެއް" ބޭނުންވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް އެންޓި ކެމްޕެއިން ކުރައްވާފައިވެއެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ ނަޝީދާ ވާދަކުރައްވައިގެންނެވެ. އޭގެ ފަހުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް