Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 18:16
ރައީސް ނަޝީދު އިހަވަންދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ނަޝީދު އިހަވަންދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ރިޔާސީ
އެމްޑީޕީ ގައުމީ މަޖިލީހުގެ %50 ތާއީދު އޮތްނަމަ، އަލުން އެމްޑީޕީއާ ގުޅެން ތައްޔާރު - ނަޝީދު
ރައީސް ނަޝީދުގެ އެ މެސެޖާ ގުޅިގެން، ޗެއަރޕަރސަންގެ ފަރާތުން އެކަން ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރައްވާފައި
ރިޔާސީ އިންތިޚާބުގައި މި ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނުވެސް ހިމެނިވަޑައިގަންނަވާ
އިބޫ ނޫން ގޮތެއް ބޭނުންވާ ކަމަށް ބުނެ، ވަރަށް ބޮޑަށް ރައީސް ނަޝީދު އެންޓި ކެމްޕެއިން ކުރެއްވި

އެމްޑީޕީ ގައުމީ މަޖިލީހުގެ %50 ތާއީދު އޮތްނަމަ، އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ، އާދިއްތަ ދުވަހު އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި މެސެޖެއްގައެވެ. އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އަދި ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އިބުރޭ)، ރާއްޖެ ޓީީވީއަށް މައުލޫމާތުދެއްވަމުން ވަނީ ނަޝީދު އެފަދަ މެސެޖެއް ކުރައްވާފައިވާކަން ޔަގީންކޮށްދެއްވާފައެވެ. ނަޝީދުގެ އެ މެސެޖާ ގުޅިގެން ޗެއަރޕަރސަންގެ ފަރާތުން އެކަން ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރައްވާފައި ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

ރިޔާސީ އިންތިޚާބުގައި މި ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން އިބޫ ނޫން ގޮތެއް ބޭނުންވާ ކަމަށް ބުނެ ވަރަށް ބޮޑަށް އެންޓި ކެމްޕެއިން ކުރައްވާފައިވެއެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ ނަޝީދާ ވާދަކުރައްވައިގެންނެވެ. އޭގެ ފަހުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް