ކ. މާލެ
|
30 ސެޕްޓެންބަރ 2023 | ހޮނިހިރު 22:10
ކައި ހާވާޓްޒް އާސެނަލްއަށް ފުރަތަމަ ލަނޑު ޖަހައިދެނީ: ފޮޓޯ-ރޮއިޓަރސް
ކައި ހާވާޓްޒް އާސެނަލްއަށް ފުރަތަމަ ލަނޑު ޖަހައިދެނީ: ފޮޓޯ-ރޮއިޓަރސް
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
މޮޅެއް ނުލިބި އޮތް ބޯންމައުތް އަތުން އާސެނަލްއަށް ބޮޑު މޮޅެއް
 
އާސެނަލް މެޗު ކާމިޔާބުކުރީ 4-0 ން

މިސީޒަންގެ ލީގުގައި މޮޅެއް ނުލިބި އޮތް ބޯންމައުތް އަތުން އާސެނަލް އިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ބޯންމައުތްގެ ދަނޑުގައި ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 4-0 ނެވެ. މެޗުގެ ކޮންމެ ހާފެއްގައި އާސެނަލްއިން ދެ ގޯލް ޖެހިއެވެ ފުރަތަމަ ހާފްގައި ދެ ގޯލް ޖެހީ ސަކާއާއި އޮޑެގާޑެވެ. ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އޮޑެގާޑް ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. ދެވަނަ ހާފްގައި އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ މިސީޒަންގައި ޓީމާ ގުޅުނު ކައި ހާވާޓްޒް އެވެ. މިއީ އޭނާ އާސެނަލްއަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އޭނާވެސް ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. ހަތަރުވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ ވައިޓްއެވެ.

މެޗުން މޮޅުވިޔަސް އާސެނަލް އޮތީ ތިން ވަނައިގައެވެ. އެކަމަކު އެއްވަނައިގައި އޮތް ސިޓީއާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެވެ. އަދި ދެވަނާގައި އޮތް ލިވަޕޫލާ ދެމެދު އޮތީ ގޯލްގެ ފަރަގެވެ. ބޯންމައުތް މެޗަކުން މޮޅުނުވެ އޮތީ ރެލިގޭޝަން ޒޯންގައެވެ. އެޓީމަށް ލިބިފައިވަނީ ތިން މެޗު އެއްވަރުކޮށްގެން ލިބުނު ތިން ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް