ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 21:52
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީ
އިންތިޚާބުގެ ދެވަނަ ބުރަށް ކަނޑައަޅާފައިވާ ބަޖެޓުކަމަށް ބުނެ ފަތުރަނީ ހަގީގަތެއް ނެތް ލިސްޓެއް: އެމްޑީޕީ
 
އެ ލިސްޓަކީ އެއްވެސް ހަގީގަތެއް ނެތް، އެންޓި ކެމްޕޭން ކުރުމުގެ މަގުސަދުގައި ބަޔަކު ދައުރުކުރަމުންދާ ލިސްޓެއް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެމްޑީޕީން ކަނޑައަޅާފައިވާ ބަޖެޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ލިސްޓެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ބަޖެޓް ލިސްޓު ކަމަށް ބުނެ ހުކުރު ދުވަހުގެ ރެއިން ފެށިގެން ލިސްޓެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. މި ލިސްޓާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ލިސްޓަކީ އެއްވެސް ހަގީގަތެއް ނެތް، އެންޓި ކެމްޕޭން ކުރުމުގެ މަގުސަދުގައި ބަޔަކު ދައުރުކުރަމުންދާ ލިސްޓެއް ކަމަށެވެ.

ރާއްޖޭގައި ބާއްވާ ކޮންމެ އިންތިޚާބެއްގައި ވެސް އެމްޑީޕީ ބައިވެރިވެ، ހޯދާ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި ވަނީ އެ ޕާޓީގެ ހީވާގި ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ޕާޓީގެ މެމްބަރުން ރައްޔިތުންނާ ގާތަށް ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ޚިޔާލާއެކު އެކުލަވާލާ ސިޔާސަތުތައް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޑީޕީން ވާދަކުރާ ކޮންމެ އިންތިޚާބެއްގައި ވެސް ކެމްޕޭނަށް ކުރާ ޚަރަދުތަކަކީ އެ އިންތިޚާބަކާ ބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކުރެވޭ ޚަރަދުތައް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. އަދި ކޮންމެ އިންތިޚާބެއް ނިމި ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށާޙަޅާފައިވާ އޮޑިޓް ރިޕޯޓުތަކުން އެކަން ސާބިތުވާނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް