ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 15:40
ނަބާއާއި ނަބީ އޭޝިޔަން ގޭމްސްގައި ނޭޕާލާ ދެކޮޅަށް ކުޅެނީ - ފޮޓޯ: އެމްއޯސީ
ނަބާއާއި ނަބީ އޭޝިޔަން ގޭމްސްގައި ނޭޕާލާ ދެކޮޅަށް ކުޅެނީ - ފޮޓޯ: އެމްއޯސީ
އޭޝިޔަން ގޭމްސް
އޭޝިޔަން ގޭމްސް؛ އަންހެން ބެޑްމިންޓަން ޓީމް ކުއާޓާ ފައިނަލަށް
 
ކުއާޓާގައި ވާދަކުރާނީ ދެކުނު ކޮރެއާއާ

ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޓީމް، އޭޝިޔަން ގޭމްސްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކުއާޓާ ފައިނަލުން ރާއްޖޭގެ ޓީމް ޖާގަ ހޯދީ ނޭޕާލް ބަލިކޮށްގެންނެވެ. ނޭޕާލްގެ މައްޗަށް ގަދަ 16ގެ ބުރުގައި ރާއްޖެއިން ކުރިހޯދީ 3-1ންނެވެ. ފުރަތަމަ ޓައިގައި ނަބާ ވަނީ ނޭޕާލްގެ ރަޝީލާ 2-1ން ބަލިކޮށްފައެވެ. ދެވަނަ ޓައިގައި ނަބީހާ ވަނީ ނަންގްސަލް ތަމަންގް އަތުން 2-0ން މޮޅުވެފައެވެ. ތިންވަނަ ޓައިގައި ނިކުތީ އަފްނާން ރަޝީދެވެ. ނޭޕާލްގެ އަނޫ މާޔާ ރާއި އަތުން އަފްނާން 2-0ން ވީ ބައްޔެވެ. އެކަމަކު ހަތަރުވަނަ ޓައިގައި ނަބާއާއި ނަބީގެ ޑަބަލްސް ނިކުމެ ރަޝީލާއާއި އަނޫ މާޔާގެ ޕެއަރ 2-0ން ބަލިކޮށް ކުއާޓާ ފައިނަލަށް ގެންގޮސްދިނެވެ.

ރާއްޖޭގެ އަންހެން ޓީމް ވަނީ މީގެކުރިން 2018 ވަނަ އަހަރުވެސް ކުއާޓާގައި ވާދަކޮށްފައެވެ. ކުއާޓާގައި މިފަހަރުވެސް ރާއްޖެއަށް އޮތީ އުނދަގޫ މެޗެކެވެ. އެއީ ދެކުނު ކޮރެއާއާ ވާދަކުރާ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް