ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 09:55
ނަބާއާއި ނަބީ ފައިނަލްގައި ވާދަކުރާނެ: ފޮޓޯ-އެމްއޯސީ/އިސްމާއީލް ތޯރިގު
ނަބާއާއި ނަބީ ފައިނަލްގައި ވާދަކުރާނެ: ފޮޓޯ-އެމްއޯސީ/އިސްމާއީލް ތޯރިގު
އެމްއޯސީ
އައިއޯއައިޖީ
ސިންގަލްސް ފައިނަލަށް ނަބާ، ނަބާއާއެކު ނަބީ ޑަބަލްސް ފައިނަލަށް!
ފައިނަލް މެޗުތައް ކުޅޭނީ ހޮނިހިރު ދުވަހު

އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަންގެ އޯޕަންސް ފައިނަލުން ފާތިމަތު ނަބާހާ އަދި ޑަބަލްސް ފައިނަލުން ނަބާހާއާ ނަބީހާގެ ޕެއަރ ޖާގަހޯދައިފިއެވެ.

ނަބާ އަންހެން ސިންގަލްސް ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި މޮރިޝަސްގެ ލޯނާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ނަބާ ސެޓްތައް ގެންދިޔައީ 21-8, 21-11ންނެވެ. ނަބާ ސެމީފައިނަލަށް ދަތުރުކުރީ މަޑަގަސްކަރާގެ ސޯނިއައިނާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެއީ 21-13, 21-8ންނެވެ. ނަބާ ވަނީ ނަބީއާއެކު އަންހެން ޑަބަލްސް ފައިނަލުންވެސް ޖާގަ ހޯދާފައެވެ. އެއީ މޮރިޝަސްގެ ވިލީނާއާއި ތިޔާ ބާތުންގެ ޕެއަރ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ނަބާއާއި ނަބީގެ ޕެއަރ ސެޓްތައް ގެންދިޔައީ 21-11, 21-16އިންނެވެ. ނަބާއާއި ނަބީ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލްގައި ސީޝެލްސްގެ ޖެސީއާއި ސެޖާލް ޝާހު ބަލިކޮށްގެންނެވެ.

މުބާރާތުގެ އޯޕަންސް ސެމީފައިނަލުގައި ވާދަކޮށް ފައިނަލްގެ ފުރުސަތު ގެއްލުނީ؛ ފިރިހެން ސިންގަލްސްގައި އަހުމަދު ނިބާލްއަށާއި, އަންހެން ސިންގަލްސްގައި އާމިނަތު ނަބީހާއާއި, މިކްސް ޑަބަލްސްގައި ނަބާއާއި ޒަޔާންގެ އިތުރުން ނަބީއާއި ނިބާލްއަށެވެ. ނިބާލް ސެމީފައިނަލްގައި ބަލިވީ މޮރިޝަސްގެ އެއްވަނަ ހޫލިއެން ޖީ. ޕައުލްއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. ނަބީއަށް ފައިނަލްގެ ފުރުސަތު ގެއްލުނީ ވާދަވެރި ކުޅުމަކަށްފަހު 2-1ން މޮރިޝަސްގެ ލުޑިކް އަތުން ބަލިވެގެންނެވެ.

ފައިނަލް މެޗުތައް ފަށާނީ ހޮނިހިރު ދުވަހު ރާއްޖޭ ގަޑިން 11 ޖަހާއިރުއެވެ.

- ކޮމެންޓް