ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 16:20
ސިންގަލްސް ކްއާޓާ މެޗު ކާމިޔާބުކުރުމަށްފަހު ނިބާލް: ފޮޓޯ- ރާއިފް ޔޫސުފް /އެމްއޯސީ
ސިންގަލްސް ކްއާޓާ މެޗު ކާމިޔާބުކުރުމަށްފަހު ނިބާލް: ފޮޓޯ- ރާއިފް ޔޫސުފް /އެމްއޯސީ
އެމްއޯސީ
އައިއޯއައިޖީ
ނަބާ، ނަބީ އަދި ނިބާލް ސިންގަލްސް ސެމީ ފައިނަލަށް!
 
ނަބީއާއި ނަބާ އަދި ޒަޔާންއާއި ނަބާގެ ޕެއަރވެސް ސެމީއަށް

އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އޯޕަންސް ސިންގަލްސްގެ ސެމީ ފައިނަލުން ރާއްޖޭގެ އަހުމަދު ނިބާލް އާއި ފާތިމަތު ނަބާހާ (ނަބާ)އާއި, އާމިނަތު ނަބީހާ (ނަބީ) ޖާގަ ޔަޤީންކޮށްފިއެވެ.

ނިބާލް ސެމީފައިނަލުން ޖާގަހޯދީ ކްއާޓާ ފައިނަލްގައި ސީދާ ދެ ސެޓުން މޮރިޝަސްގެ ކެމްޓީޝް ނުންޑާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ނިބާލް ސެޓްތައް ގެންދިޔައީ 21-19, 21-15 ނެވެ. ނަބީ ސެމީފައިނަލަށް ދަތުރުކުރީ ސީޝެލްސްގެ އަލިސެން ކަމިލްއާ ވާދަކޮށް ސީދާ ދެ ސެޓުން ކުރިހޯދައިގެންނެވެ. ނަބީ ސެޓްތައް ގެންދިޔައީ 21-10, 25-23 ނެވެ. ނަބާ ސެމީފައިނަލަށް ދަތުރުކުރީ މަޑަގަސްކަރާގެ ސޯނިއާނާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ނަބާ ސެޓްތައް ގެންދިޔައީ 21-13, 21-18 ނެވެ.

އަންހެން ޑަބަލްސްގައި ނަބާއާއި ނަބީގެ ޕެއަރ ވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. އެއީ ކްއާޓާ ފައިނަލްގައި ސީޝެލްސްގެ ޖެސީއާއި ސޭޖަލްގެ ޕެއަރ ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓް 21-13 ން ނަބީ އާއި ނަބާ ގެންގޮސްފައި ވަނިކޮށް ސީޝެލްސް ޕެއަރ ވަނީ އަނިޔާވެއްޖެ ކަމަށް ބުނެ މެޗު ދޫކޮށްލާފައެވެ. މިކްސް ޑަބަލްސްގައި ސެމީގެ ޖާގަ ހޯދީ ޒަޔާންއާއި ނަބާގެ ޕެއަރއެވެ. އެއީ މަޑަގަސްކަރާގެ ރަޒާފީމަންޑިމްބީ އާއި ރަޒާފީމަމޮންޖެރިސަންގެ ޕެއަރއާ ވާދަކޮށް 2-1 ސެޓުން ކުރި ހޯދައިގެންނެވެ. ސެޓްތައް ގެންދިޔައީ 17-21, 21-12, 21-15 ނެވެ.

ނަބައާއި ޒަޔާން ސެމީއަށް ދަތުރުކުރި: ފޮޓޯ-އިސްމާއީލް ތޯރިގު/ އެމްއޯސީ - އެމްއޯސީ

ކްއާޓާ ފައިނަލްގައި ރާއްޖޭގެ ނަބީއާއި ނިބާލްއަށް ނާކާމިޔާބުވީ ފުރަތަމަ ސެޓް ހޯދާ, ދެވަނަ ސެޓްގައިވެސް ނިންމަން ޕޮއިންޓަކަށްވީ އިރުވެސް ބޮޑު ލީޑެއްގައި އޮވެ, އަމްޕަޔަރުގެ ގޯސް ނިންމުންތަކަކާ ގުޅިގެންނެވެ. ރާއްޖޭގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް, އެކަމުގެ ތެރޭގައި މާބޮޑަށް ޝާމިލްވެވި ތިންވަނަ ސެޓް އަތުން ދޫވީއެވެ. ފުރަތަމަ ސެޓް ނަބީއާއި ނިބާލް ގެންދިޔައީ 21-18 ނެވެ. އެކަމަކު ދެވަނަ ސެޓް ބޮޑު ލީޑެއްގައި ވަނިކޮށް ރީޔޫނިއަން ޕެއަރ ވަނީ 23-21 ން ގެންގޮސްފައެވެ, ތިންވަނަ ސެޓް ގެންދިޔައީ ފަސޭހައިންނެވެ. އެއީ 21-9 ނެވެ.

ސިންގަލްސްގައި ހުސެއިން ޒަޔާން ޝަހީދު ޒަކީއަށް ނާކާމިޔާބުވީ މޮރިޝަސްގެ ލޫކަސްއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. އެއީ 21-13, 23-21 ނެވެ. އައިޝަތު އަފްނާން ރަޝީދަށް ނާކާމިޔާބުވީ މޮރިޝަސްގެ ލޯނާއާ ވާދަކޮށް 2-1 ސެޓުންނެވެ. ސެޓްތައް ދިޔައީ 17-21, 21-16, 21-10 ނެވެ. ފިރިހެން ޑަބަލްސްގައި އަޖުފާންއާއި ނިބާލްގެ ޕެއަރ ބަލިވީ 2-1 ސެޓުންނެވެ. މެޗުގެ ސެޓްތައް ދިޔައީ 21-17, 19-21, 21-14 ނެވެ. އަންހެން ޑަބަލްސްގައި އަފްނާންއާއި ޝަހުރުނާޒް މޫސާގެ ޕެއަރ އަށް ނާކާމިޔާބުވީ ރީޔޫނިއަންގެ މެރީނާ ބިއެލް އާއި ލީ ހޯ ޗާއިގެ ޕެއަރއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. އެއީ 21-14, 21-14 ނެވެ.

ސެމީފައިނަލް މެޗުތައް ފަށާނީ ރާއްޖެ ގަޑިން މިއަދު 18:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް