Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 15:06
ވަންދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުން
ވަންދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުން
އިސްލާމިކް މިނިސްޓްރީ
މިސްކިތް އިމާރާތް ކުރުން
ކަނޑޫދޫ އާއި ވަންދޫގައި މިސްކިތް އިމާރާތް ކުރަން ހަވާލުކޮށްފި
ކަނޑޫދޫ މިސްކިތުގެ މަސައްކަތް ހަވާލު ކުރީ މިމްސް ކޮންސްޓްރަކްޝަނާ
ވަންދޫ މިސްކިތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އެލްއެފް ކޮންސްޓްރަކްޝަނާ

ތ. އަތޮޅުގެ ދެ ރަށެއްގައި މިސްކިތް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އާދީއްތަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ ތ. ކަނޑޫދޫގައި އިމާރާތްކުރާ މިސްކިތާއި، ތ. ވަންދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައެވެ. އެގޮތުން ކަނޑޫދޫ މިސްކިތުގެ މަސައްކަތް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު ވަންދޫ މިސްކިތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީއެވެ.

Advertisement

ކަނޑޫދޫ މިސްކިތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ 11,258,581.29 (އެގާރަ މިލިއަން ދެލައްކަ ފަންސާސް އަށްހާސް ފައްސަތޭކަ އަށްޑިހަ އެއް ރުފިޔާ ނަވާވީސް ލާރި) އަށެވެ. އަދި ވަންދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 9,778,268.92 (ނުވަ މިލިއަން ހަތްދިހަ ހަތްލައްކަ އަށްހާސް ދުއިސައްތަ ފަސްތޮޅަސް އަށް ރުފިޔާ ނުވަދިހަ ދެ ލާރި) އަށެވެ.

300 މީހުންގެ ޖާގައިގެ މި ދެ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކެކެވެ. މި މިސްކިތްތައް އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި، މިނިސްޓްރީގެ އިސްވެރިންނާއި، ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްއާއި މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް