ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 08:37
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
ރާއްޖެއެމްވީ
މެންބަރު އިލްހާމް އެމްޑީޕީއަށް
އިދިކޮޅުން ކުރި މަޝްވަރާތަކުގައި އަޑުއިވުނީ ބަދަލުހިފާ ވާހަކަ، ރައީސް ސާލިޙު ތަފާތު: އިލްހާމް
 
އެންމެ ފުރިހަމައަށް މިވަގުތު މަސައްކަތް ކުރެވެން އޮތީ އެމްޑީޕީގައި ހުންނަވައިގެން
 
2018 ގެ ކުރީގައި އޮތް ޙާލަތަށް ދާން ބޭނުންނުވާކަމަށް އިލްހާމް ވިދާޅުވި

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުން މަޝްވަރާ ކުރެއްވުމަށް ވަޑައިގެންނެވި މީހުންގެ ވާހަކަތަކުން އަޑުއިވިގެން ދިޔައީ ބަދަލުހިފުމުގެ ރޫޙެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ، އޭނާގެ ސިޔާސީ ފިކުރު މުޅިން ބަދަލުވެގެން މިދިޔައީ އެމްޑީޕީއަށް ސޮއިކުރި ކުރުމާއެކު ކަމަށެވެ.

އިލްހާމް ވިދާޅުވީ، އެންމެ ފުރިހަމައަށް މިވަގުތު މަސައްކަތް ކުރެވެން އޮތީ އެމްޑީޕީގައި ހުންނަވައިގެންކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން، ރައީސް އިބްރާހީމް މުޙައްމަދު ސާލިޙާއެކު މަޖިލީހުގައި އެތައް އަހަރެއް މަސައްކަތް ކުރެއްވިއިރު، ރައީސް ސާލިޙުގެ ކެތްތެރިކަން ފެނިވަޑައިގެންފައިވާ ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވަނީ ރައީސް ސާލިޙަކީ ކެތްތެރި، މަޑުމައިތިރި "ތަފާތު ކެރެކްޓަރ" އެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މީގެ އިތުރުން، ކޯލިޝަން ދެމެހެއްޓުމާއި، ސިޔާސީ ޙަރަކާތް ހިންގުމަށް ފުރުސަތު ދެއްވުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގައި ވެސް ރައީސް ސާލިޙަކީ ނަމޫނާ ބޭފުޅެއްކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް އިތުރަށް ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓުގެ ފަރާތުންވެސް ބަޔަކު މަޝްވަރާ ކުރި ކަމަށާއި، ނަމަވެސް ބައެއް މީހުންގެ ވާހަކަތަކުން އަޑުއިވިގެން ދިޔައީ ބަދަލު ހިފުމުގެ ރޫޙެއް ކަމަށެވެ.

އެހެންވެއްޖެނަމަ، އަނެއްކާވެސް އެނބުރިދާނީ 2018 ގެ ކުރީގައި އޮތް ޙާލަތަށްކަމަށް އިލްހާމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
0%
0%
33%
0%
33%
ކޮމެންޓް