ކ. މާލެ
|
23 ސެޕްޓެންބަރ 2023 | ހޮނިހިރު 22:01
އެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
އެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
ރިޔާސީ އިންތިޚާބު 2023
"ދޮރުން ދޮރަށް" ހަރަކާތުން އެނގުނީ ދެވަނަ ބުރަކަށް އެމްޑީޕީ ނުކުމެ ތިބީ ގަދަކޮށްކަން - ފައްޔާޒް
 
މި ހަރަކާތުގައި ގިނަ އަދަދެއްގެ މެމްބަރުންނާއި ކައުންސިލަރުން ބައިވެވަޑައިގަތް
 
ފައްޔާޒް ވިދާޅުވީ އެ ހަރަކާތުން އެނގުނީ "ދިވެހިން އަނިޔާވެރިކަމަށް ދެންވެސް ބުނާނީ ނޫނެކޭކަން" ކަމަށް
 
މި ހަރަކާތް ކުރިއަށްދިޔައީ ހަވީރު 4ން 6ށް

ހޮނިހިރު ދުވަހު އެމްޑީޕީން މުޅި ރާއްޖޭގައި "ދޮރުން ދޮރަށް" ހަރަކާތް ހިންގުމުން އެނގުނީ ދެވަނަ ބުރަކަށް އެމްޑީޕީ ނުކުމެ ތިބީ ގަދަކޮށްކަން ކަމަށް، އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ، އެ ހަރަކާތުން އެނގިވަޑައިގަތީ "ދިވެހިން އަނިޔާވެރިކަމަށް ދެންވެސް ބުނާނީ ނޫނެކޭކަން" ކަމަށެވެ.

މި ހަރަކާތް ކުރިއަށްދިޔައީ ހަވީރު 4ން 6ށެވެ. މި ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ، މާލެއާއި ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވައި، ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ރަނިން މޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ އައްޑޫގައި ދޮރުން ދޮރަށް ވަޑައިގެން އާއްމު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ މެމްބަރުންނާއި ކައުންސިލަރުން ބައިވެރިވެވަޑައިގަތެވެ. އަދި އެމްޑީޕީގެ އާއްމު މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް