ކ. މާލެ
|
21 ސެޕްޓެންބަރ 2023 | ބުރާސްފަތި 14:33
78 ވަނަ އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި ވަފުދު
78 ވަނަ އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި ވަފުދު
އދ.ގެ އާއްމު މަޖިލީސް
78 ވަނަ އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސް ވަފުދެއް ބައިވެރިވެއްޖެ
މި ބައްދަލުވުން ކުރިއަށް ދަނީ 3 ދުވަހުގެ މުއްދަތަކަށް
ބައްދަލުވުން ކުރިއަށް ދަނީ އެމެރިކާގެ ނިއުޔޯކްގައި
އަހަރަކު 1 ފަހަރު މިފަދަ ބައްދަލުވުމެއް ބާއްވާ

އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ 78 ވަނަ އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސް ވަފުދެއް ބައިވެރިވެއްޖެއެވެ.

ހެލްތް މިނިސްޓްރީން ބުނީ އަހަރަކު 1 ފަހަރު ބާއްވަމުން އަންނަ އދ.ގެ އާއްމު މަޖިލީހުގެ މި އަހަރު ބާއްވާ 78 ވަނަ ބައްދަލުވުމުގެ ތެރެއިން ކުރިއަށް ގެންދާ 3 ހައިލެވެލް ބައްދަލުވުމެއްގައި މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާފައިވާ ކަމަށެވެ.

މި ބައްދަލުވުން ކުރިއަށް ދަނީ 3 ދުވަހުގެ މުއްދަތަކަށެވެ. އެއީ މި މަހުގެ 20 އިން 22 އަށް އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ ބައްދަލުވުންތަކެކެވެ.މި ބައްދަލުވުމުގައި ބައިވެރިވި މިނިސްޓްރީގެ ވަފުދުގައި އިސްކޮށް ހުންނެވީ ހެލްތް މިނިސްޓަރ ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަހުމަދު ނަސީމެވެ. މީގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ފޮރިން އެފެއާޒްގެ ބޭފުޅުން މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ހެލްތް މިނިސްޓްރީން ބުނީ 3 ހައިލެވެލް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާނެ ކަމަށާއި، އެ ބައްދަލުވުންތަކުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައުޞޫޢުތަކަކީ "ޔުނިވަރސަލް ހެލްތް ކަަވަރޭޖް"، "އެލިމިނޭޝަން އޮފް ޓިއުބަރކްލޯސިސް" އަދި " "ޕެންކޑެމިކް ޕްރިވެންޝަން، ޕްރިޕެއަޑްނަސް އެންޑް ރެސްޕޯންސް" ކަމަށެވެ. މި މައުޟޫޢުތަކަށް މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭފުޅުން ތަގްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ހައިލެވެލް ބައްދަލުވުމަކަށް ފަހު ޕޮލިޓިކަލް ޑިކްލިއަރޭޝަނެއްގައި ސޮއިކުރާނެއެވެ.

މީގެ އިތުރުން ޑަބްލިއުއެޗްއޯ އިން ކުރިއަށް ެގްނދާ "ކޮމްބައިންޑް ޑިސީސް އެލިމިނޭޝަން" ސައިޑް އިވެންޓާއި، ޔޫއެން އިން ބާއްވާ ސައިޑް އިވެންޓުގައި މިނިސްޓްރީގެ ބޭފުޅުން ތަގްރީރުކުރައްވާނެއެވެ.

- ކޮމެންޓް