ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 20:49
މަސްއޫދު މޫސާ ދީދީ
މަސްއޫދު މޫސާ ދީދީ
ގޫގުލް
މަސްއޫދު މޫސާ ދީދީ ނިޔާވުން
މަޝްހޫރު ލަވަކިޔުންތެރިޔާ، މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެ
 
ނިޔާވިއިރު ދުނިޔޭގައި ތިން ކުދިން އެބަތިބި
 
އޭނާ ނިޔާވީ އާދިއްތަ ދުވަހުގެ ވަގުތެއްގައި އިންޑިއާގައި

އޮލިމްޕިއަންސް ބޭންޑުން ވިދާލި މަޝްހޫރު މިއުޒީޝަން އަދި ލަވަކިއުންތެރިޔާ މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ އާދިއްތަ ދުވަހުގެ ވަގުތެއްގައި އިންޑިއާގައިކަމަށް މައުލޫމާތު ލިބެއެވެ.

މަސްއޫދު މޫސާ ދީދީއަކީ މިއުޒިކް ގެ ދާއިރާއަށް ތަފާތު އެތައް މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަންނާނެކެވެ. އޭނާ އަކީ އަމިއްލަ އެތައް ރާގަކާއި، ހިތްގައިމު ލަވަތަކެއް އާއްމުންނާއި ހަމައަށް ގެނެސްދިން ކުޅަދާނަ މިއުޒީޝަނެކެވެ. އޭނާ ކިއްޔުވާފައިވާ ލަވަތަކަކީ، މިހާރުވެސް ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލަވަތަކެކެވެ.

އޭނާއަކީ މަޝްހޫރު އެކްޓަރ އަދި ފިލްމް ޑިރެކްޓަރ އަޙްމަދު ނިމާލުގެ ދޮންބައްޕައެވެ. އަދި އޭނާ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލް ހައްނާން މޫސާ ދީދީގެ އެންމެ ދޮށީ ބޭބެއެވެ.

އޭނާ ނިޔާވިއިރު ދުނިޔޭގައި ތިން ކުދިން އެބަ ތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
22%
0%
44%
22%
11%
0%
ކޮމެންޓް