ކ. މާލެ
|
11 ޖެނުއަރީ 2025 | ހޮނިހިރު 21:38
ޕޮލިސް ޓޭޕް
ޕޮލިސް ޓޭޕް
ގެޓީ އިމޭޖަސް
ގޮތް ނޭނގޭ މަރު
ގެސްޓްހައުސް އެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ
މަރުވެފައި އޮއްވާ ފެނުނީ ސ. ހުޅުދޫ، ބޮކަރުމާގެ، އުމުރުން 59 އަހަރުގެ އަބްދުﷲ ޒަކީ

ގެސްޓްހައުސް އެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ހެންވޭރުގައި ހުންނަ ގެސްޓްހައުސް އެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހޮނިހިރު ދުވަހު މެންދުރުފަހު 2:04 ގައެވެ.

ގެސްޓްހައުސްގެ ފާޚާނާގައި އޮތް އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައި ވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މަރުވެފައި އޮއްވާ ފެނުނީ ސ. ހުޅުދޫ، ބޮކަރުމާގެ، އުމުރުން 59 އަހަރުގެ އަބްދުﷲ ޒަކީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

- ކޮމެންޓް