ކ. މާލެ
|
20 މާރޗް 2024 | ބުދަ 16:44
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން
ރާއްޖެއެމްވީ
މަރުތަކާއި ގުޅޭ ސަރުކާރުގެ ޕޮލިސީ
ހޯމް މިނިސްޓަރ ވިދާޅުވީ ބޮޑެތި މަރުތަކާއި ގުޅޭ ސަރުކާރުގެ ޕޮލިސީ ސާފު ނޫން ކަމަށް
 
މެންބަރު ކުރެއްވި ސުވާލުގަ މި ވަގުތު ޕޮލިސީ އޮތްގޮތް ޖެހިވަޑައިގަންނަވާނީ ސާފުކޮށްލަން ކަމަށް ވިދާޅުވި

ބޮޑެތި މަރުތަކާއި ގުޅޭ ސަރުކާރުގެ ޕޮލިސީ ސާފު ނޫން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން މިފަދައިން ވިދާޅުވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރުގެ ސުވާލުގައި ވިދާޅުވީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމާއި، ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ބަލަން ކުރީ ސަރުކާރުން މަރު ކޮމިޝަނެއް ވެސް އެކުލަވާލި އެހެންނަމަވެސް ވަރަށް ބޮޑަށް މި މަރުތައް ބެލުމުގަ އިހުމާލުވެގެންދިޔަތަން ފެނުނު ކަމަށެވެ.

އަދި މި ސަރުކާރުން އެ މަރުތަކަށް އިންސާފު ހޯދުމަށް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ އަދި ކުރާ މަސައްކަތްތަކުގެ ވާހަކަ މެންބަރު ސުވާލުކުރެއްވިއެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މެންބަރު ކުރެއްވި ސުވާލުގަ މި ވަގުތު ޕޮލިސީ އޮތްގޮތް ޖެހިވަޑައިގަންނަވާނީ ސާފުކޮށްލަން ކަމަށާއި، އެކަން ސަފުކުރުމަށްފަހު މެންބަރަށް ޖަވާބުދެއްވާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަކީ މިވަގުތަށް ގެންނަންޖެހޭ މުހިއްމު ބަދަލެއް: މެންބަރު ނިޔާޒު
މިއަދު މަޖިލިސް ޖަލްސާ ކެންސަލް، ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން
އިޒްރޭލުން ރަފާޙްގައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށް ގޮވާާލާ ކުއްލި މައްސަލައެއް
މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އިތުރަށް ދިރާސާކޮށް ބެލުމަށް 241 ކޮމިޓީން ފާސްކޮށްފި
ވޯކް ޕާމިޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދަނީ ގާތްގަނޑަކަށް 30 އިންސައްތަ މީހުން: މިނިސްޓަރު