ކ. މާލެ
|
9 ސެޕްޓެންބަރ 2023 | ހޮނިހިރު 11:09
ރައީސް ސާލިހު ވޯޓު ލައްވަނީ
ރައީސް ސާލިހު ވޯޓު ލައްވަނީ
އެމްޑީޕީ
ރިޔާސީ ރޭސް 2023
ރައީސް ސާލިހު ވޯޓުލައްވައިފި، އެދިވަޑައިގަތީ ހުރިހާ ރައްޔިތުންވެސް ވޯޓު ލުމުގެ ހައްގު ބޭނުންކުރުމަށް
 
މިއީ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލި ފަހަރު
 
ރިޔާސީ އިންތިޚާބު 2023ގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާ
 
އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ޅ. ހިންނަވަރު ރައްޔިތުން ވޯޓުލުމަށް ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް

މިހާރު ހިނގަމުންދާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ޅ. ހިންނަވަރު ރައްޔިތުން ވޯޓު ލުމަށް ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 10:45 ހާއިރު އެމަނިކުފާނު ވަނީ ވޯޓު ލައްވާފައެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 90 އިންސައްތަ މީހުން ވޯޓުލާނެކަމަށް ޔަގީންކުރައްވާ ކަމަށާއި، އިންތިޚާބު ރަނގަޅަށް ކުރިއަށްދާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ، މިނިވަން ކެމްޕޭނަކަށްފަހު ވޯޓުލާން ފުރުސަތު ލިބިގެން ގޮސްފައިވާކަމަށާއި، މިއީ ކުރިން އިންތިޚާބުތަކުގައި ނުފެންނަ މަންޒަރެއް ކަމަށެވެ. އެގޮތުން މިއީ މުޅި ރާއްޖެ ދެކޭ އެންމެ ޑިމޮކްރަޓިކް އެއް އިންތިޚާބަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހުރިހާ ރައްޔިތުންވެސް ވޯޓު ލުމުގެ ހައްގު ބޭނުންކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

މިހާތަނަށް ރާއްޖޭގައި ނުދެކޭފަދަ ރަނގަޅު ޑިމޮކްރަޓިކް ހަމަތަކުގެ މަތިން އެބަދޭ އިންތިޚާބުގެ ކަންކަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީން ފައިސާ ނުބަހާނެކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބު 2023ގައި 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

މިއީ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލެއްވި ފަހަރެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282,395އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް