Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2023 | ހޮނިހިރު 08:16
-
-
-
ރިޔާސީ އިންތިޚާބު 2023
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި
ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށް
ޖުމްލަ 574 ވޯޓު ފޮށި ވަނީ ބަހައްޓާފައި
ގިނަ ބަޔަކު ވަނީ ވޯޓުލުމަށްޓަކައި ހެނދުނު 7:00 ން ފެށިގެން ކިޔޫ ހަދައިފައި

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިޚާބުގައި ގިނަ ފޮށިތަކުގެ ވޯޓުލުން ހެނދުނު 8:00ގައި ވަނީ ފަށައިފައެވެ. ގިނަ ބަޔަކު ވަނީ ވޯޓުލުމަށްޓަކައި ހެނދުނު 7:00 ން ފެށިގެން ކިޔޫ ހަދައިފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ. އަދި 4:30ން ފެށިގެން ވޯޓު ގުނަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

Advertisement

ރިޔާސީ އިންތިޚާބު 2023ގައި 8 ކެންޑިޑޭޓަކު ވާދަކުރެއެވެ. މިއީ ފެހި ޤާނޫނު އަސާސީގެ ދަށުން އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލި ފަހަރެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 282,395 އެވެ.

މިއަހަރުގެ އިންތިޚާބުގައި ރާއްޖޭން ބޭރުގައި 7 ވޯޓު ފޮށްޓެއް ބަހައްޓާފައިވާއިރު، ޖުމްލަ 574 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް