ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 07:33
"ކުރަހާ ރާއްޕެ" ސޯލޯ އަރޓް އެގްޒިބިޝަން ފަށައިފި
"ކުރަހާ ރާއްޕެ" ސޯލޯ އަރޓް އެގްޒިބިޝަން ފަށައިފި
"ކުރަހާ ރާއްޕެ" ސޯލޯ އަރޓް އެގްޒިބިޝަން
"ކުރަހާ ރާއްޕެ" ސޯލޯ އަރޓް އެގްޒިބިޝަން ފަށައިފި
މި އެގްޒިބިޝަންގެ 20 އިންސައްތަ މަސައްކަތްތަކަކީ ސީދާ މި އެގްޒިބިޝަން އަށް ޚާއްސަކޮށްގެން ކޮށްފައިވާ މަސައްކަތްތައް
މި އެގްޒިބިޝަން އާއްމުންނަށް ހުޅުވާލާނީ ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ނިޔަލަށް
މިއީ ރާއްޕެގެ 14 ވަނަ ސޯލޯ އެގްޒިބިޝަން

"ކުރަހާ ރާއްޕެ" ސޯލޯ އަރޓް އެގްޒިބިޝަން ފަށައިފިއެވެ.

މި އެގްޒިބިޝަން ފަށާފައި ވަނީ އާދިއްތަ ދުވަހުއެވެ. މި އެގްޒިބިޝަންގެ 20 އިންސައްތަ މަސައްކަތްތަކަކީ ސީދާ މި އެގްޒިބިޝަނަށް ޚާއްސަކޮށްގެން ކޮށްފައިވާ މަސައްކަތްތަކެެވެ. މި އެގްޒިބިޝަން ހުޅުވައިދެއްވީ ތައުލީމީ ދާއިރާ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އާއިޝަތު މުހައްމަދު ޞާލިހުއެވެ. މި އެގްޒިބިޝަން ހުޅުވައިދެއްވާ އާއިޝަތު ވިދާޅުވީ ރާއްޕެގެ މަސައްކަތް އެންމެ ފުރަތަމަ ފެނިވަޑައިގެން، އާޝޯހުވި ކަމަށެވެ. ރާއްޕެގެ ހުނަރުވެރިކަން ފާހަގަކުރައްވާ އޭނާ ވަނީ ރާއްޕެ އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

މީގެއިތުރުން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވެސް ވަނީ އެ އެގްޒިބިޝަން އަށް ވަޑައިގެން އެގްޒިބިޝަންގައި ހުރި އުފެއްދުންތައް ބައްލަވާލައްވާފައެވެ.

Advertisement

އަލީ އިޝާން ނުވަތަ މަގްބޫލް ނަމުން ނަމަ "ކުރަހާ ރާއްޕެ"ގެ އުފެއްދުންތަކާއި ފަންނުވެރިކަން ދައްކުވަައިދޭ ގިނަ އަދަދެއްގެ ކުރެހުންތަކެއް މި އެގްޒިބިޝަންގައި ވަނީ ހިމަނާފައެވެ. މިއީ ރާއްޕެގެ 14 ވަނަ ސޯލޯ އެގްޒިބިޝަންއެވެ. ނަމަވެސް ރާއްޖޭގެ އާރޓް ގެލަރީގައި އާއްމުންނަށް ހުޅުވާލި މިއީ ފުރަތަމަ އެގްޒިބިޝަންއެވެ.

ފާއިތުވި 28 ވަރަކަށް އަހަރު އާރޓްގެ ދާއިރާގެ އެކި މަސައްކަތްތަކުން ރާއްޕެގެ ހުނަރުވެރިކަން ވަނީ ދައްކައިދީފައެވެ. ސަރޓިފައިޑް ވަޑިއެއްކަމަށްވާ ރާއްޕެ އަކީ ކައިވެނީގެ ހަފްލާތައް ޒީނަތްތެރިކޮށްދިނުމުގައި އިންގިލާބީ މަސައްކަތްކޮށްދީފައިވާ ހުނަރުވެރިއެކެވެ. ރާއްޕެގެ މަސައްކަތްތައް ވަން އެންޑް އޮންލީ ރީތިރަށް، ޖޯލި އަދި އަމީންގިރިން ވެސް ފެންނަން އެބަހުއްޓެވެ.

މި އެގްޒިބިޝަން އާއްމުންނަށް ހުޅުވާލާނީ ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް