ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 22:52
ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ބޭނުންވާ ތަކެތި އަންލޯޑް ކުރަނީ
ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ބޭނުންވާ ތަކެތި އަންލޯޑް ކުރަނީ
އެންވަރަންމަންޓް މިނިސްޓްރީ
އައު ވޭސްޓް ޓްރާންސްފަރސްޓޭޝަން ސްޓޭޝަން
އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކާއެކު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުނި ތިލަފުއްޓަށް ގެންދާއިރު ކުނި މޫދަށް ނޭޅުން: ޝާން
 
މުވައްޒަފުންގެ މަސައްކަތުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަންނާނެ
 
މިހާރު މަސައްކަތްތައް ބައްޓަންވެފައިވާ ގޮތުން އުޅަނދުގައި ހުންނަ ކުނީގެ ބަރުދަން އެނގިގެންދާނެ

މާލޭގައި ގާއިމުކޮށްފައިވާ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކާއެކު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މާލެއިން ތިލަފުއްޓަށް ކުނި ގެންދާއިރު ދެން މޫދަށް ކުނި އެޅިގެން ނުދިޔުންކަމަށް ވެމްކޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝާން ވިދާޅުވެއްޖެއެވެ.

މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ހުންނަ ވެމްކޯ ސައިޓުގައި އިމާރާތްކުރި އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ބޭނުން ރަސްމީކޮށް ކުރަން ފަށާފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އެކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާން ވިދާޅުވީ އަލަށް ބޭނުންކުރަން ފެށި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ބޭނުން އެކި ގޮތްގޮތަށް ހިފެމުންދާނެކަމަށެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ މުވައްޒަފުންގެ މަސައްކަތުގެ ވައްޓަފާޅިއަށް އަންނަ ބަދަލުކަމަށާއި މަސައްކަތުގެ އެފިޝަންސީ ރަނގަޅުވުން ކަމަށެވެ.

ކުރީގައި ކުނި އުކާލުމުގެ މަސައްކަތް ކުރަމުންދަނީ ވެހިކަލްގައި އައިސް ވެސަލްއަށް އަރާ ވެސަލް ހުސްކުރަނީ. ނަމަވެސް މިހާރު ވެސަލް އަށް ވެހިކަލް އަރާތަނެއް ނުފެންނާނެ. މިހާރު ފެންނާނީ ވެސަލް އިން ބައިވަރު ކޮންޓެއިނަރ ތަކެއް ގެންދާ މަންޒަރު ފެންނާނީ. ކުރީގައި ދޭތެރެއިން ފެންނާނެ މޫދަށް ކުނި އެޅޭ ވާހަކަ ތިލަފުއްޓަށް ކުނި ގެންދާއިރު. ނަމަވެސް މިހާރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދެނެއް މާލެ އިން ތިލަފުއްޓަށް ގެންދާ ކުނި މޫދަކަށް ނޭޅޭނެ.
ވެމްކޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝާން

ޝާން ވިދާޅުވީ މީގެއިތުރުން މިހާރު ކުނި ގެނެވޭ ވޮލިޔުމްވެސް އެނގިގެންދާނެކަމަށެވެ. ކުރީގައި ކުނި ހުންނަ ވަރު އެނގެނީ ކުނި އަޅާ އުޅަނދު ފުރުނީމާ އޭގައި އިންނަ ޓަނުގެ އަދަދު ކަމަށާއި ނަމަވެސް މިހާރު މަސައްކަތްތައް ބައްޓަންވެފައިވާ ގޮތުން އުޅަނދުގައި ހުންނަ ކުނީގެ ބަރުދަން އެނގިގެންދާނެކަމަށެވެ.

އޭގެ ސަބަބުން އެންމެ ރަނގަޅު ޑާޓާތައް ނެގި މުސްތަގުބަލުގައި މަސައްކަތް މުރާޖާކުރަންޖެހުނަސް އެކަންވެސް ކުރެވޭނެކަމަށް ޝާން ވިދާޅުވިއެވެ.

މިސްޓޭޝަންގެ މަސައްކަތް 14 މަސް ދުވަހުން ކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޑެޓްގެ (ސީ.އެސް.ސީ.އީސީ) އާ ހަވާލުކޮށްގެންނެވެ. 12 މިލިއަން ޑޮލަރުގެ މިމަޝްރޫޢާއެކު މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް ޒަމާނުއްސުރެ ދިމާވެފައިވާ ދަތިތަކަށް ޒަމާނީ ހައްލެއް ލިބިގެންދާނެކަމަށް ވެމްކޯއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް