ކ. މާލެ
|
25 އޯގަސްޓް 2023 | ހުކުރު 22:44
އަޒީލް (ކ) އަލީ ނިޔާޒް އަދި ފައްޔާޒް އިސްމާއިލް އާއެކު
އަޒީލް (ކ) އަލީ ނިޔާޒް އަދި ފައްޔާޒް އިސްމާއިލް އާއެކު
އެމްޑީޕީ އާއި އަލަށް ގުޅުނު މެމްބަރުން
ޕީޕީއެމްގައި އިސްކޮށް އުޅުނު އަޒީލް އާއި އެކު 500 އެއްހާ މީހުން އެމްޑީޕީ އާއި ގުޅިއްޖެ
 
އަލަށް އެމްޑީޕި އާއި ގުޅުނު މީހުންގެ ފޯރމުތައް ހަވާލުކުރުން އޮތީ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާ އެއްގަ
 
އަލަށް ގުޅުނު މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ މަރުޚަބާ ވިދާޅުވެފަ
 
އަލަށް އެމްޑީޕީ އާއި ގުޅުނު ގިނަ މީހުންނަކީ ޒުވާނުން

ޕީޕީއެމްގައި އިސްކޮށް އުޅުނު އަހުމަދު އަޒީލް އާއި އިތުރު ގިނަ ބަޔަކު އެމްޑީޕީ އަށް ސޮއިކޮށްފިއެވެ.

އަލަށް އެމްޑީޕީ އާ ގުޅުނު 500 އެއްހާ މީހުންގެ ފޯމްތަކާއި ހަވާލުވެލެއްވީ އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލެވެ.

އަލަށް އެމްޑީޕި އާ ގުޅުނު މީހުންގެ ފޯރމުތައް ހަވާލުކުރުން އޮތީ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާ އެއްގައެވެ.

އަލަށް ގުޅުނު މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ މަރުޚަބާ ވިދާޅުވެފައެވެ.

އެމްޑީޕީ އާއި ގުޅުނު އަޒީލް އަކީ ޕީޕީއެމްގެ އިސް ބައެއް މަޤާމުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ އަކީ އެ ޕާޓީގެ ކުރީގެ ނައިބު ރައީސްވެސްމެއެވެ.

އަލަށް އެމްޑީޕީ އާއި ގުޅުނު ގިނަ މީހުންނަކީ ޒުވާނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
27%
9%
18%
0%
0%
45%
ކޮމެންޓް