ކ. މާލެ
|
25 އޯގަސްޓް 2023 | ހުކުރު 22:51
އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ކުރިމަގު
އެމްޑީޕީ ރޫޅާލުމަށް އަތުގުޅައިގެން ތިއްބާ ރޫޅިގެން ދަނީ އެހެން މީހުން - ފައްޔާޒް
 
ފައްޔާޒް ވަނީ ބައެއް ވާދަވެރިންނަށް ވެސް ފާޑު ވިދާޅުވެފަ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރޫޅާލުމަށް ގިނަ ބަޔަކު އަތުގުޅައިގެން ތިއްބާ ރޫޅިގެން ދަނީ އެހެން މީހުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އެމްޑީޕީ އާއި އަލަށް ގުޅުނު ބައެއް އާއްމުންގެ ފޯރމު ހަވާލުކުރުމަށް ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ފައްޔާޒް ވަނީ އެމްޑީޕި ރޫޅާލުމަށް ގިނަ ބަޔަކު އަތުގުޅާލި ނަމަވެސް އެ ޕާޓީ ނުރޫޅޭ ކަމަށް ވިދާޅުވެފައެވެ. އަލަށް އެމްޑީޕީ އާއި ގިނަ ބަޔަކު ގުޅުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި އެ ޕާޓީ އަކީ އާ މޫނުތަކަށް އަބަދުވެސް މަރުޚަބާ ކިޔާނެ ޕާޓީ އެއް ކަަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އަދި ހުކުރު ދުވަހުގެ ރެއަކީ ހުޅުމާލެ އަށް ބޮޑު ގުޑުމެއް އަރާނެ ރެއެއް ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ވަނީ އެމްޑީޕީ އަކީ އަބަަދުވެސް އެތެރޭގެ ވާދަވެރިކަން ބޮޑު ޕާޓީ އެއް ކަމަށް ވިދާޅުވެފައެވެ. އެމްޑިޕީ ވަރުގަދަވެގެން ދަނީ އެތެރޭގެ ވާދަވެރިކަމުގެ ސަބަބުން ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އެމްޑީޕީ ކުރިއަރާ ދަނީ ވެސް އެ ސަބަބާއި ހުރެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަލަށް އަންނަ މީހުންނަށް ވެސް މަސައްކަތް ކޮށްގެން ޕާޓީގެ އެންމެ ކުރީ ސަފަށް އެރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ އެންމެނަށް ވެސް އޮންނާނެ ފުރުސަތެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވަނީ ބައެއް ވާދަވެރިންނަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން 10 ވަރަކަށް އަހަރު ކުރިން ކޮމާންޑް ސެންޓަރުގައި ހުންނެވި މެމްބަރަކު މިއަދު ނުކުމެވަޑައިގެން ކެންޑިޑޭޓަކަށް ހުންނެވި ކަމަށާއި އޭނާ އަށް އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިއަދު ކޮމާންޑް ސެންޓަރުގައި ހުންނެވީ އޭނާކަމަށާއި ކުރިއަށް އޮތް އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރައްވާނީ ރައީސް ޞާލިހު ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް މިފަދައިން ވާހަކަދެއްކެވި އިރު އެއްވެސް ކެންޑިޑޭޓެއްގެ ނަމެއް ވިދާޅުވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް