ކ. މާލެ
|
15 އޯގަސްޓް 2023 | އަންގާރަ 12:07
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފް
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފް
ސިއްހީ ދާއިރާ ކުރިއެރުވުން
ސިއްހީ ދާއިރާ ކުރިއަރުވަން މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމުކަމަކީ ޚިދުމަތް ދޭ ފަރާތާއި ފެންވަރުބަލާ ފަރާތް ވަކިކުރުން - ޝަމާއު
 
ބަލިވުމުގެ ކުރިން އެކަން ދެނެގަނެ އެކަމަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމްކުރުމަށް މަަސައްކަތް ކުރޭ
 
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް މަސައްކަތްކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ޝަމާއު ވިދާޅުވި
 
މި 5 އަހަރަކީ ސިއްހީ ދާއިރާ އަށް ވަރަށް ބޮޑު އިސްކަމެއް ދިން 5 އަހަރުކަމަށް ވެސް ޝަމާއު ވިދާޅުވި

ސިއްހީ ދާއިރާ ކުރިއަރުވަން މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމުކަމަކީ ޚިދުމަތް ދޭ ފަރާތާއި ފެންވަރުބަލާ ފަރާތް ވަކިކުރުންކަމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ އުފާވެރި އަމާން ރާއްޖެ އެމްޑީޕީ މެނިފެސްޓޯ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަމާއު ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލާފައިވާ އެމްޑީޕީގެ މެނިފެސްޓޯ އަކީ ޒަމާނީ ފެންވަރުގެ ކަންކަން ސިއްހީ ދާއިރާއިން މެނިފެސްޓޯގައި ހިމެނޭނެހެން ތައްޔާރުކޮށްފައިވާ މެނިފެސްޓޯއެއް ކަމަށެވެ. ނޭޝަނަލް ހެލްތެ ސަރވިސްއެއް ޤާއިމްކޮށް ޚިދުމަތް ދިނުމާއި، ޚިދުމަތް ބަލަހައްޓާ ފަރާތް ވަކިކުރުމަކީ ކަންކަން ތަރުތީބުކުރަން އެޅޭ އެންމެ މުހިންމު ފިޔަވަޅެއް ކަމަށް ޝަމާއު ވިދާޅުވިއެވެ. އެކަމަކީ މަރުކަޒީ ނިޒާމްގެ ތެރެއިން ކުރާ ކަންކަން ސަަރަހައްދީ ފެންވަރަށް ބަދަލުކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ޝަމާއު ވިދާޅުވިއެވެ.

މި ހިނގާ ދައުރުގައި ވެސް ޓަރޝަރީ ހޮސްޕިޓަލްތައް ތަންތަނުގައި އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ޝަމާއު ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ދާއިރާ އަކީ ޕްރައިމަރީ ހެލްތު ކެއަރ ކަަމަށް ޝަމާއު ވިދާޅުވިއެވެ. އެގޮތުން ބަލިވުމުގެ ކުރިން އެކަން ދެނެގަނެ އެކަމަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމްކުރުމަށް މަަސައްކަތް ކުރާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. ކުރިއަށް އޮތް ދައުރުގައި ސިއްހީ ޚިދުމަތް ދޭ 180 ތަނުގެ ފެންވަރު މަތިކޮށް، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.

ޕްރައިމެރީ ހެލްތު ކެެއަރގެ ނިޒާމް ފުރިހަމަކުރުމަށް މީހުން ތަމްރީންކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް މަސައްކަތްކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ. އަދި ޑްރޯން މެދުވެރިކޮށް ސާމްޕަލް އުފުލުން ފަދަ އެތައް ކަމެއް ކުރިއަށް އޮތް ދައުރުގައި ފެނިގެންދާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. މީގެއިތުރުން މި 5 އަހަރަކީ ސިއްހީ ދާއިރާ އަށް ވަރަށް ބޮޑު އިސްކަމެއް ދިން 5 އަހަރުކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް