Advertisement
ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 07:42
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް)
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް)
ރިޔާސީ އިންތިޚާބު 2023
އިދިކޮޅު ފަރާތްތަކުގެ ރަނގަޅު މެނިފެސްޓޯއެއް ނެތް، އޮތީ ވެރިކަން ބަދަލުކުރުމުގެ ވާހަކަ އެކަނި - ޝަފީގް
ކުރިން ބޭނުންވީ ރައްޔިތުންނަށް ފައިދާ ހުރިގޮތަކަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން
ޑިމޮކްރަސީ އައުމަށް ފަހު ވެސް އަނިޔާވެރިކަން އިއާދަވެގެންދިޔަ

އިދިކޮޅު ފަރާތްތަކުގެ ރަނގަޅު މެނިފެސްޓޯ އެއް ނެތް ކަމަށާއި، އޮތީ ވެރިކަން ބަދަލުކުރުމުގެ ވާހަކަ އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ނ.ވެލިދޫގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ ވާހަކަ އަކީ ދިވެހި ރައްޔިތުންނަށް މަންފާހުރި ގޮތެއް ކަަމަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ރައީސް ޞާލިހުއަކީ ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގެން، ރައްޔިތުންގެ އަޑު އައްސަވައިގެން ވެރިކަންކުރައްވާ ބޭފުޅެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ނ.ވެލިދޫގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ޝަފީގް ވިދާޅުވީ އޭނާގެ ހަނދާނަށް އަންނަނީ މީގެ 19 އަހަރު ކުރިކަމަށާއި، އޭރު ފުރަތަމަ ފަހަރަށް ގިނަ ބަޔަކު ސަރުކާރާއި ދެކޮޅަށް އެއްވި ކަމަށެވެ. އެކަން ކުރަން ޖެހުނީ ހަމައެއްނެތި މީހުން ހައްޔަރުކުރުމާއި ޚިޔާލުފާޅުކުރުން ހުއްޓުވުމާއި ލާއިންސާނީ އަނިޔާތައް އިތުރުވުމުން ކަމަށް ޝަފީގް ވިދާޅުވިއެވެ. އޭރު ބޭނުންވީ ރައްޔިތުންނަށް ފައިދާ ހުރިގޮތަކަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން ކަމަށާއި އަދި ރާއްޖެ އަށް ޑިމޮކްރަސީ އައުމުން އެކަން ބަދަލުވެގެން ދާނެކަމަށް ބެލެވުނު ނަމަވެސް ކަން ހިނގައިގެން ދިޔައީ އެއާއި މުޅިން ޚިލާފަށް ކަމަށް ޝަފީގް ވިދާޅުވިއެވެ. އަދި އަނިޔާވެރިކަން އިއާދަވެގެންދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީން ކިތަންމެ ބޮޑަށް މިނިވަންކަމާއި ހައްގުތައް ލިބިދިނަސް ކަންކަން ކުރަނީ ވެރިއަކަށް ހުންނެވި ބޭފުޅަކު ހިތަށްއަރާ ގޮތައް ކަމަށް އޭނާ ވިދާޅުވިއެވެ. މި ވެރިކަމުގައި ވެރިއެއްގެ ހުރި ކެތްތެރިކަމާއި ހުލްގު ހެޔޮކަމާއި އިހުސާންތެރިކަން ފެނިގެންދާ ކަަމަށް އޭނާ ވިދާޅުވިއެވެ. 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު އައި އިރު ސިޔާސީ މައިދާނުގައި އިސްކޮށް ތިބި އެންމެން ތިބީ ޖަލުގައި ކަމަށާއި ނަމަވެސް މިއަދު 8 ކެނޑިޑޭޓުން އިންތިޚާބުގައި ވާދަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް