ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 08:17
ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ
ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ
ޓްވީޓަރ
ޕީއެސްޖީ
ޕީއެސްޖީގެ ދަތިކުރުން އެމްބާޕޭ އަށް، ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ވަކިން!
 
ޖަޕާން ދަތުރަށްފަހު ޕީއެސްޖީން ހޯމަ ދުވަހު އެ ޓީމުގެ ފަރިތަކުރުންތައް ފަށާނެ

އައު ސީޒަަނަށް ތައްޔާރުވުމުގެ ގޮތުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ކުރިއަށް ގެންދާ ފަރިތަކުރުންތަކުގައި ކީލިއަން އެމްބާޕޭ ބައިވެރިވާނީ ވަކިން ކަމަށް އެ ކުލަބުން ނިންމައިފި އެވެ.

ޖަޕާން ދަތުރަށްފަހު ޕީއެސްޖީން ހޯމަ ދުވަހު އެ ޓީމުގެ ފަރިތަކުރުންތައް ފަށާނެ އެވެ. ނަމަވެސް ފުރަތަމަ ޓީމާއެކު ފަރިތަކުރުމުގެ ފުރުސަތު އެމްބާޕޭ އަށް ނުދޭން އެ ކުލަބުން ނިންމާފައިވާ ކަމަށް ފްރާންސްގެ މީޑިއާ ތަކުން ބުނެ އެވެ. އޭގެ ބަދަލުގައި އެމްބާޕޭގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ފުރަތަމަ ޓީމާ ވަކިން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ވަކިން ފަރިތަކުރުންތައް ކުރިއަށް ގެންދާ ގްރޫޕުގައި ބައެއް އެހެން ކުޅުންތެރިން ވެސް ހިމެނެ އެވެ. އެހެން ނަމަވެސް، އާންމު ގޮތެއްގައި ޕީއެސްޖީގެ ފުރަތަމަ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ ގްރޫޕުގައި ހިމެނެނީ އެމްބާޕޭ އެކަނި ކަމަށް ވެސް މީޑިއާ ތަކުން ބުނެ އެވެ.

އެމްބާޕޭއާ ޕީއެސްޖީއާ ދެމެދު މައްސަލަ ޖެހިފައި ވަނީ އެއްްބަސްވުމުގެ ކަންތަކުގަ އެވެ. އެންމެ ފަހުން އެމްބާޕޭ ޕީއެސްޖީއާއެކު ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންކަމުން އޭނާ ބޭނުން ވަނީ ކުރިއަށް އޮތް ސީޒަނުގައި ޕީއެސްޖީ އަށް ކުޅުމަށްފަހު، ހިލޭ ޓްރާންސްފާއެއްގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށެވެ. ނަމަވެސް، އަގު ބޮޑު ކުޅުންތެރިޔަކު ހިލޭ ދޫކޮށްލަން ޕީއެސްޖީން ބޭނުމެއް ނުވެ އެވެ. އެހެންވެ ޕީއެސްޖީން ވަނީ އެމްބާޕޭ އަށް ދެ ފުރުސަތު ދީފަ އެވެ. އެއީ ކުލަބުގެ އެއްބަސްވުން އައު ކުރުމެވެ. ނޫން ނަމަ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެހެން ކުލަބަކަށް ބަދަލުވުމެވެ. އެއްބަސްވުން އައު ކުރުމަށް އޭނާ ދެކޮޅު ހަދާތީވެ، ކުރިއަށް އޮތް ސީޒަނުގައި ކުޅުމުގެ ފުރުސަތު ނުދިނުމަށް ވެސް ޕީއެސްޖީ އޮތީ ތައްޔާރަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް