ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 18:31
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
ފުއްގިރި ޚިޔާނާތް
ފުއްގިރި ޚިޔާނާތް - ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް ބުދަ ދުވަހު
އެ މައްސަލަ ބުދަ ދުވަހަށް ތާވަލްކޮށް އެމަނިކުފާނަށް ޗިޓް ފޮނުވާފައި ވަނި ހޯމަ ދުވަހުގެ މެންދުރު 13:00 އެހާކަންހާއިރު
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި ކަމަށް އެމަނިކުފާނުގެ މައްޗަށް ވަނީ ތުހުމަތުކުރެވިފަ
ޖުލައި މަހުގެ 23 އަށް މި މައްސަލައިގެ އަޑު އެހުމެއް ވަނީ ތާވަލްކޮށްފަ

ރ.ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުން އަންނަ ބުދަ ދުވަހަށް ތާވަލް ކޮށްފިއެވެ.

އެ މައްސަލަ ބުދަ ދުވަހަށް ތާވަލްކޮށް އެމަނިކުފާނަށް ޗިޓް ފޮނުވާފައި ވަނި ހޯމަ ދުވަހުގެ މެންދުރު 13:00 އެހާކަންހާއިރެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތު ނެންގެވި ކަމަށް އެމަނިކުފާނުގެ މައްޗަށް ވަނީ ތުހުމަތުކުރެވިފައެވެ.

ޖުލައި މަހުގެ 23 އަށް މި މައްސަލައިގެ އަޑު އެހުމެއް ތާވަލް ކުރިއެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްވެފައިވަނީ މައްސަލައިގައި ދައުވާލިބޭ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގގެ ވަކީލުގެ އެހެން ބައްދަލުވުންތަކެއް ކުރިން ތާވަލު ކުރެވިފައި ހުރުމުންނެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ 20 ޖުލައިގައެވެ. އެ ދުވަހު ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް ލަންކާ ރައްޔިތެއްކަމަށްވާ ސިރިތާ ކުމާރުގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައެވެ.

- ކޮމެންޓް