ކ. މާލެ
|
29 ޖުލައި 2023 | ހޮނިހިރު 21:41
މައިކް ސްޓެވާޓް
މައިކް ސްޓެވާޓް
އެމްބީބީއޭ
ވިޒިޓް މޯލްޑިވްސް ޕްރޯ 2023
ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ތަޖުރިބާކާރު ބޮޑީބޯޑަރ، މައިކް ސްޓެވާޓް މިއަހަރު ވާދަކުރާނެ
މައިކްއަކީ ދުނިޔޭގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ ބޮޑީބޯޑަރެއް

އެމެރިކާގެ ތަޖުރިބާކާރު ބޮޑީބޯޑަރ މައިކް ސްޓެވާޓް މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރަން ނިންމައިފިއެވެ.

މިއަހަރުގެ މުބާރަތުގައި ވާދަކުރާ މަޝްހޫރު ގިނަ ބޮޑީބޯޑަރުންގެ ނަންތައް އިއުލާނުކޮށްފައި ވާއިރު، މައިކްއަކީ މިހާތަނަށް އިއުލާނުކުރި އެންމެ ތަޖުރިބާކާރު އެތުލީޓެވެ. އޭނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ ފިރިހެން އޯޕެން ބައިގައެވެ.

އުމުރުން 60 އަހަރުގެ މައިކްއަކީ ދުނިޔޭގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ ކުޅަދާނަ ބޮޑީބޯޑަރެކެވެ. މީގެއިތުރުން އޭނާ ވަނީ ޕައިޕްލައިން ބޮޑީސަރފިން ކްލެސިކްގެ ޗެމްޕިއަންކަން 15 ފަހަރު ހޯދާފައެވެ. ކޮންމެ ބާވަތެއްގެ ރާޅާވެސް އަޅާ މައިކަށް ވަނީ "މިސްޓަރ ޕައިޕްލައިން" ގެ ލަގަބު ލިބިފައެވެ.

ފަސް ފަހަރު ބްރެޒިލްގެ ޗެމްޕިއަންކަން ހޯދާފައިވާ އުރީ ވަލާޑާއޯވެސް މިއަހަރުގެ ފިރިހެން އޯޕަން ބައިގައި ވާދަކުރުމަށް ވަނީ ނިންމާފައެވެ. އޭނާ ވަނީ 2008 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

އަންހެން އޯޕަން ބައިގައި ޖަޕާނުގެ ކައިރާ ޝިރަހާސޭވެސް ބައިވެރިވުމަށް ވަނީ ނިންމާފައެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ބޭއްވި "އޯލް ޖަޕާން ސަރފިންގ ޗެމްޕިއަންޝިޕް"ގެ ބޮޑީބޯޑިންގ ޑިވިޝަނުން ދެވަނަ ހޯދާފައެވެ.

މިއަހަރުގެ މުބާރާތް، މިދިޔަ އަހަރާ އަޅައިބަލާއިރު މާބޮޑަށްވެސް ފޯރިގަދަ ވާނެކަމަށް ބެލެވެއެވެ. މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހު ތިންވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

- ކޮމެންޓް