ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 16:00
ޖޫނިއާ ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދި އާމިން
ޖޫނިއާ ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދި އާމިން
ސިޑިބަރި
ވިޒިޓް މޯލްޑިވްސް ޕްރޯ 2023
ކުއާޓާގައިވެސް ތަފާތު ދައްކައި، އާމިން ސެމީ ފައިނަލަށް
ހީޓުގެ އެއްވަނަ އާމިން ހޯދީ ދެ ރާޅުން، ޖުމުލަ 11.75ގެ ސްކޯއަކުން

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023ގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުން, ރާއްޖޭގެ އާމިން އުމަރު މޫސާ ޖާގަ ހޯދައިފިއެވެ.

ސެމީ ފައިނަލުން އާމިން ޖާގަ ހޯދީ ބުދަ ދުވަހު މެންދުރު ކުރިއަށް ދިޔަ ކުއާޓާ ފައިނަލް ހީޓު ކާމިޔާބުކޮށްގެންނެވެ. ކުއާޓާގައި އާމިން ވާދަކޮށްފައިވަނީ ހީޓު އެކެއްގައެވެ. މި ހީޓުގައި އާމިން ވާދަކުރީ ޕޯޗުގަލްގެ އެޑުއާޑޯ މަކޭޑޯއާއެވެ. ހީޓުގެ އެއްވަނަ އާމިން ހޯދީ ދެ ރާޅުން ޖުމުލަ 11.75ގެ ސްކޯއަކުންނެވެ. އެއީ 5.25ގެ ސްކޯއަކާއި 6.50ގެ ސްކޯއަކުންނެވެ. އާމިންއާ ވާދަކުރި މެކޭޑޯއާއަށް ދެ ރާޅުން ލިބުނީ 10.25ގެ ސްކޯއެކެވެ. އެއީ 5.25ގެ ސްކޯއަކާއި 5.00ގެ ސްކޯއަކުންނެވެ.

ސެމީ ފައިނަލްގައި އާމިން ވާދަކުރަން ޖެހެނީ އެއްވަނަ ހީޓުގައެވެ. އެ ހީޓުގައި އާމިން ނިކުންނާނީ ކުއާޓާގެ ދެވަނަ ހީޓު ކާމިޔާބުކުރި، ސްޕެއިންގެ ޖޯޖް ހެނާންޑޭޒްއާ ދެކޮޅަށެވެ. ހެނާންޑޭޒް ކުއާޓާ ކާމިޔާބުކުރީ އޮސްޓްރޭލިޔާގެ ރްޔާން ހިލް ސްމިތާ ވާދަކޮށެވެ. ދެ ރާޅުން ހެނާންޑޭޒް ވަނީ 11.25ގެ ސްކޯއެއް ހޯދާފައެވެ. ދެ ރާޅުން ސްމިތަށް ލިބުނީ 11.10ގެ ސްކޯއެކެވެ.

އާމިން ވަނީ މިދިޔަ އަހަރު އޮތް ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް