ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 11:18
ޖޫނިއާ ބައިގެ ކުއާޓަރ އިން ޖާގަ ހޯދި ރާއްޖޭގެ އާމިން
ޖޫނިއާ ބައިގެ ކުއާޓަރ އިން ޖާގަ ހޯދި ރާއްޖޭގެ އާމިން
އަދަދު
ވިޒިޓް މޯލްޑިވްސް ޕްރޯ 2023
ހީޓުގެ އެއް ވަނަ ހޯދަައި އާމިން ކުއާޓަރ ފައިނަލަށް
ހީޓުގެ އެއް ވަނަ އާމިން ހޯދީ 12.25 ގެ ސްކޯއަކުން

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ގެ ޖޫނިއާ ބައިގެ ކުއާޓަރ ފައިނަލުން ރާއްޖޭގެ އާމިން އުމަރު މޫސާ ޖާގަ ހޯދައިފި އެވެ.

ކުއާޓަރ ފައިނަލުން އާމިން ޖާގަ ހޯދީ ތިން ވަނަ ބުރުގެ ހީޓު އެކެއްގައި ވާދަކޮށް، އެއް ވަނަ ހޯދައިގެންނެވެ. ހީޓުގެ އެއް ވަނަ އާމިން ހޯދީ 12.25 ގެ ސްކޯއަކުންނެވެ. އެއީ 7.00 ގެ ސްކޯ އަކާއި 5.25 ގެ ސްކޯ އަކުންނެވެ. މި ހީޓުގެ ދެ ވަނަ އަށް ދިޔައީ އޮސްޓްރޭލިއާގެ ރްޔާން ހިލް ސްމިތު އެވެ. ދެ ރާޅުން އޭނާ އަށް ލިބުނީ 8.40 ގެ ސްކޯ އެކެވެ. ހީޓުގެ ފުލަށް ދިޔަ މުޙައްމަދު ޝިބްތަށް ލިބުނީ ދެ ރާޅުން 2.55 ގެ ސްކޯއެކެވެ.

މި ބައިގެ ކުއާޓަރ ފައިނަލްގެ ދެ ވަނަ ހީޓުގައި ވާދަކުރާނީ ސްޕެއިންގެ ޖޯޖް ހެނާންޑޭޒް އާއި އޮސްޓްރޭލިޔާގެ ރްޔާން ހިލް ސްމިތު އެވެ. ތިން ވަނަ ހީޓުގައި ވާދަކުރާނީ ސްޕެއިންގެ އެލެކްޒެންޑާ މޮންޓޭސް އާއި ރަޝިޔާގެ ހޫގޯ ނައުޑޭ އެވެ. ފަހު ހީޓުގައި ވާދަކުރާނީ ބްރެޒިލްގެ ގުއިލާމޭ މޮންޓެނީގްރޯ އާއި ސްޕެއިންގެ ގަޑިއެލް ރޮމާނޯ އެވެ.

ކުއާޓަރ ފައިނަލްގައި އާމިން ވާދަކުރާނީ ފުރަތަމަ ހީޓުގަ އެވެ. މި ހީޓުގައި އާމިން ވާދަކުރަން ޖެހޭނީ ޕޯޗުގަލްގެ އެޑުއާޑޯ މަކޭޑޯއާ އެވެ. އާމިން ވަނީ މިދިޔަ އަހަރު އޮތް ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް