ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 12:04
ޑްރޮޕްނީ ބައިގައި ވާދަކުރި ރާއްޖެ ކުޑައައްޔަ
ޑްރޮޕްނީ ބައިގައި ވާދަކުރި ރާއްޖެ ކުޑައައްޔަ
ސިޑިބަރި
ވިޒިޓް މޯލްޑިވްސް ޕްރޯ 2023
ވާދަވެރި ހީޓަކަށްފަހު ޑްރޮޕްނީގެ ކުއާޓަރ ފައިނަލްގައި ކުޑައައްޔަ އަށް ނާކާމިޔާބު
ހީޓުގައި އައްޔަ އަށް ދެ ރާޅުން ލިބުނީ 10.25 ގެ ސްކޯއެއް

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ގެ ޑްރޮޕްނީ ކެޓަގަރީގެ ކުއާޓާ ފައިނަލްގައި ވާދަކޮށް، ރާއްޖޭގެ އެއް ވަނަ ބޯޑީބޯޑަރު އަލީ ޚުޝްރުވާން އަޙުމަދު (ކުޑައައްޔަ) އަށް ނާކާމިޔާބުވެއްޖެ އެވެ.

ޑްރޮޕްނީ ބައިގެ ކުއާޓާ ފައިނަލްގައި ކުޑައައްޔަ ވާދަކޮށްފައި ވަނީ އެއް ވަނަ ހީޓުގަ އެވެ. އެ ހީޓުގައި އައްޔަ ވާދަކޮށްފައި ވަނީ ފްރާންސްގެ ފަބިއަން ތަޒާއާ އެވެ. އޭނާ އަކީ ޑްރޮޕްނީ ބައިން ދުނިޔޭގެ ރޭންކިންގެ ފަސް ވަނައިގައި އޮތް ބޯޑަރެވެ. ހީޓުގެ އެއް ވަނަ ތަޒާ ހޯދީ ދެ ރާޅުގައި 12.50 ގެ ސްކޯއެއް ހޯދައިގެންނެވެ. އެއީ ދެ ރާޅުގައި ވެސް 6.25 ގެ ސްކޯއެއް ހޯދައިގެންނެވެ. މި ހީޓުގައި އައްޔަ އަށް ދެ ރާޅުން ލިބުނީ 10.25 ގެ ސްކޯއެކެވެ. އެއީ 4.65 ގެ ސްކޯ އަކާއި 5.60 ގެ ސްކޯ އަކުންނެވެ.

ކުއާޓާ އިން ކުޑައައްޔަ ޖާގަ ހޯދީ ތިން ވަނަ ބުރުގެ ދެ ވަނަ ހީޓުގައި ވާދަކޮށް ދެ ވަނަ ހޯދައިގެންނެވެ. އެ ހީޓުގައި ކުޑައައްޔަ ވާދަކޮށްފައި ވަނީ ޑްރޮޕްނީ ބައިން ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ހަވާއީގެ ޑޭވިބް ހުބާޑާ އެވެ. ކުޑައައްޔަ ވަނީ މިދިޔަ އަހަރު އޮތް ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކޮށް ވެސް ރަނގަޅު ނަތީޖާއެއް ނެރެފަ އެވެ. އެ އަހަރު ކުޑައައްޔަ ވަނީ ޑްރޮޕްނީ ބައިގެ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ.

- ކޮމެންޓް