ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 14:30
ސެމީ ފައިނަލްގައި ވާދަކުރި ރާއްޖޭގެ އާމިން އުމަރު މޫސާ
ސެމީ ފައިނަލްގައި ވާދަކުރި ރާއްޖޭގެ އާމިން އުމަރު މޫސާ
އަދަދު
ވިޒިޓް މޯލްޑިވްސް ޕްރޯ 2023
ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ނާކާމިޔާބުވީ ނަމަވެސް، އާމިންގެ ހިތްވަރަށް ސާބަސް
މި ހީޓުގެ ދެ ރާޅުން އާމިން އަށް ލިބުނީ 7.75 ގެ ސްކޯއެއް

ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ގެ ޖޫނިއާ ކެޓަގަރީގެ ސެމީ ފައިނަލްގައި ވާދަކޮށް ރާއްޖޭގެ އާމިން އުމަރު މޫސާ އަށް ނާކާމިޔާބުވެއްޖެ އެވެ.

ސެމީ ފައިނަލްގައި އާމިން ވާދަކޮށްފައި ވަނީ ސްޕެއިންގެ ޖޯޖް ހެނާންޑޭޒްއާ އެވެ. އާމިންއާ ވާދަކޮށް ހެނާންޑޭޒް ހީޓުގެ އެއް ވަނަ ހޯދީ ދެ ރާޅުން ޖުމުލަ 12.25 ގެ ސްކޯ އަކުންނެވެ. އެއީ 5.75 ގެ ސްކޯ އަކާއި 6.50 ގެ ސްކޯ އަކުންނެވެ. މި ހީޓުގެ ދެ ރާޅުން އާމިން އަށް ލިބުނީ 7.75 ގެ ސްކޯ އެކެވެ. އެއީ 4.00 ގެ ސްކޯ އަކާއި، 3.75 ގެ ސްކޯ އަކުންނެވެ.

ސެމީ ފައިނަލުން އާމިން ޖާގަ ހޯދީ ކުއާޓަރ ފައިނަލްގެ ހީޓު ކާމިޔާބު ކޮށްގެންނެވެ. ކުއާޓަރގައި އާމިން ވަނީ ޕޯޗުގަލްގެ އެޑުއާޑޯ މަކޭޑޯގެ މައްޗަށް ކުރި ހޯދައިފަ އެވެ. އާމިން ވަނީ މިދިޔަ އަހަރު އޮތް ވިޒިޓް މޯލްޑިވްސް ޕްރޯ ޖޫނިއާ ބައިގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. އާމިން އަކީ ވޯލްޑް ޓުއާ އިވެންޓެއްގެ ފައިނަލްގައި ވާދަކުރުމުގެ ޝަރަފު ހޯދި ހަމައެކަނި ދިވެހި އެތުލީޓެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ކާމިޔާބީ އަށް ފަހު އާމިން އަށް ވަނީ ދުނިޔޭގެ ރޭންކިން އިން ޖާގަ ލިބިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް