ކ. މާލެ
|
19 ޖުލައި 2023 | ބުދަ 11:53
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް
ރާއްޖެއެމްވީ
ރާއްޖޭގެ ޕާސްޕޯޓް
ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް މިއަހަރުވެސް ދިވެހި ޕާސްޕޯޓް
ރާއްޖެ ހިމެނެނީ ދުނިޔޭގެ ރޭންކިންގެ 57 ވަނައިގައި
ރާއްޖޭން ވިސާއާ ނުލައި ނުވަތަ އޮންއެރައިވަލް ވިސާއާއެކު 91 ޤައުމަކަށް ދަތުރުކުރެވޭ

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް މިއަހަރު ވެސް ދިވެހި ޕާސްޕޯޓު ވެއްޖެއެވެ.

އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ހިއްސާ ކުރާ ޑޭޓާއަށް ހެންލީ އެންޑް ޕާޓްނަރސް އިން ވަނީ މިއަހަރުގެ ތިންވަނަ ކުއަރޓާގެ ޕާސްޕޯޓު އިންޑެކްސް އާއްމުކޮށްފައެވެ. މި އިންޑެކްސްގައި ދުނިޔޭގެ 199 ޤައުމެއްގެ ޕާސްޕޯޓުތައް ރޭންކު ކުރެއެވެ.

މި ރޭންކިންގައި ބަލަނީ ޕާސްޕޯޓު ބޭނުންކޮށްގެން ވިސާއާ ނުލައި ނުވަތަ އޮންއެރައިވަލް ވިސާއާއެކު ދަތުރު ކުރެވޭ ޤައުމުތަކުގެ އަދަދަށެވެ. ދިވެހި ޕާސްޕޯޓު ބޭނުންކޮށްގެން ވިސާއާއި ނުލައި އަދި އޮންއެރައިވަލް ވިސާ ލިބޭ ގޮތަށް މިހާރު 91 ޤައުމަކަށް ދަތުރުކުރެވޭއިރު މިއީ ދެކުނު އޭޝިއާގައި އެންމެ ގިނަ ޤައުމުތަކަށް މިގޮތަށް ދަތުރުކުރެވޭ ޕާސްޕޯޓެވެ. ދެވަނައިގައި އޮތް އިންޑިއާގެ ޕާސްޕޯޓާއެކު ވެސް ދަތުރުކުރެވެނީ އެންމެ 57 ޤައުމަށެވެ.

މީގެ އިތުރުން ދެކުނު އޭޝިއާގައި ހިމެނޭ އެހެން ޤައުމުތަކުގެ ތެރެއިން ބޫޓާން ޕާސްޕޯޓު ބޭނުންކޮށްގެން 53 ޤައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭއިރު ސްރީލަންކާ ޕާސްޕޯޓު ބޭނުންކޮށްގެން 41 ޤައުމަށް، ބަންގްލަދޭޝްގެ ޕާސްޕޯޓު ބޭނުންކޮށްގެން 40 ޤައުމަށް، ނޭޕާލް ޕާސްޕޯޓު ބޭނުންކޮށްގެން 38 ޤައުމަށް، ޕާކިސްތާން ޕާސްޕޯޓު ބޭނުންކޮށްގެން 33 ޤައުމަށް އަދި އަފްޣާނިސްތާނު ޕާސްޕޯޓު ބޭނުންކޮށްގެން ދަތުރުކުރެވެނީ 27 ޤައުމަށެވެ.

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި ދިވެހި ޕާސްޕޯޓު ހިމެނުނު ނަމަވެސް ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ޕާސްޕޯޓު އޮތީ 57 ވަނައިގައެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ޖާޕާނު ވައްޓާލުމަށްފަހު ހޯދާފައިވަނީ ސިންގަޕޫރުންނެވެ. ސިންގަޕޫރުގެ ޕާސްޕޯޓު ބޭނުންކޮށްގެން 192 ޤައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވެއެވެ.

މި ރޭންކިންގައި އެންމެ ފަހަތުގައި އުޅެނީ އަފްޣާނިސްތާނާއި އިރާގާއި ސީރިއާ އަދި ޕާކިސްތާނުގެ ޕާސްޕޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
އިޒްރޭލް ޕާސްޕޯޓު މައްސަލައިގައި ސަރުކާރު ހޫނު ފެނަށް ވެއްޓުމުން، ހިލުވާލި ދަރަނި ދަންތުރައިގެ ވާހަކަ!
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މައްސަލަ މަޖިލީހުގައި ހާމަކަން ބޮޑުކޮށް ގެންދެވެންޖެހޭނެ: މެމްބަރު ޒިޔާދު
އިސްރާއީލު އެންމެން އައުން މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް - އުޝާމް
އީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ - އިމިގްރޭޝން
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް
ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް
އިޒްރޭލް ޕާސްޕޯޓް މަނާ ކުރާ މައްސަލައިގައި އެމެރިކާގެ ކޮންގްރެސް އިން ރާއްޖެއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަނީ