ކ. މާލެ
|
12 ޖޫން 2024 | ބުދަ 11:25
އީދު ބަންދުގައިވެސް ޕާސްޕޯޓުގެ ހިދުމަތްދޭނެކަމަށް އިމިގްރޭޝަނުން ބުނޭ
އީދު ބަންދުގައިވެސް ޕާސްޕޯޓުގެ ހިދުމަތްދޭނެކަމަށް އިމިގްރޭޝަނުން ބުނޭ
އިމިގްރޭޝަން
ޕާސްޕޯޓުގެ ހިދުމަތް
އީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ - އިމިގްރޭޝން
މިމަހު 17ން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ހިދުމަތްދޭނެ
ޕާސްޕޯޓަށް ހުށަހެޅޭނެ ގަޑިތަކަކީ ހެނދުނު 9:00ން މެންދުރު 1:00ށް

ޢީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ޢީދު ބަންދުގައި ހިދުމަތް ދޭނީ މިމަހު 17ން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑީއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް އެދެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް ހުށަހެޅޭނެ ގަޑިތަކަކީ ހެނދުނު 9:00ން މެންދުރު 1:00 އާ ދެމެދުއެވެ.

އެ ދުވަސްތަކުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. ކިއުބީ އެޕް ބޭނުންކޮށްގެން ނުވަތަ އިމިގްރޭޝަންގެ ކައުންޓަރަށް ގޮސްގެން ކިއު ނަންބަރު ނެގޭނެއެވެ.

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން 9555333 އަށް ގުޅުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.

- ކޮމެންޓް