ކ. މާލެ
|
12 ޖުލައި 2023 | ބުދަ 13:04
އިސްމާއިލް އަބްދުލްރަހީމް (އިސޫ)
އިސްމާއިލް އަބްދުލްރަހީމް (އިސޫ)
ދެން އެމްވީ
ޔާމީނާއި ރިލުވާންގެ މައްސަލަ
ޔާމީނާއި ރިލުވާންގެ މައްސަލަ: އިސޫވެސް ޓެގު އެޅުވުމަށްފަހު ދޫކޮށްލައިފި
 
އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ނިންމި ނިންމުން އިސްތިއުނާފެއް ނުކުރާނެ
 
އެ 3 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އަހަނދު ދޫކޮށްލާފައިވަނީ 21 ޖޫންގައި
 
މި މައްސަލައިގައި ހިމެނޭ މުއާޒުގެ ބަންދު މުރާޖައާ ފަހުން ކޮށްފައެއް ނުވޭ

ޔާމީން ރަޝީދު މަރާލި މައްސަލައާއި އަހުމަދު ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ އުފުލާފައިވާ އިސްމާއިލް އަބްދުލްރަހީމް (އިސޫ) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުމަދު އިސްމާއިލް (އަހަނދު)އާއި، އިސްމާއިލް އަބްދުލްރަހީމް (އިސޫ) ގެ އިތުރުން، އަހުމަދުމުއާޒް (ގަޓުމުއާ)އެވެ. އެ 3 މީހުން ހައްޔަރުކޮށްފައިވަނީ 26 ޖޫން 2022 ގައެވެ.

އެ 3 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އަހަނދު ދޫކޮށްލާފައިވަނީ 21 ޖޫންގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ. އެ ނިންމުން އިސްތިއުނާފު ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ، އޭނާ ދޫކޮށްލީ ޓެގް އަޅުވައި، ޕާސްޕޯޓު ހިފެހެއްޓުމަށްފަހު، ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ނުނިކުމެވޭ ގޮތަށް ޝަރުތުކޮށްފައި ކަމަށެވެ.

އޭގެ އިތުރުން، ހެކިންނަށްވެސް ޖިސްމާނީ ރައްކާތެރިކަން ދޭން ވަކި އަމުރެއް ނެރުއްވާފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމެވީ އެ ސަބަބުތަކާހުރެ ކަމަށެވެ.

މިހާރު މިވަނީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިސޫވެސް ބަންދުން ދޫކޮށްލާފައެވެ. އެގޮތުން އޭނާވެސް ދޫކޮށްލާފައިވަނީ ބަންދު މުރާޖައާ ކުރުމަށްފަހު، އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީއެވެ.

ކްރިމިނަލް ކޯޓުން މައުލޫމާތު ދޭ ގޮތުގައި އޭނާ ބަންދުން ދޫކޮށްލީ ޓެގް އަޅުވައި، މޮނިޓަރ ކުރުން ޝަރުތުކޮށް އަދި ގެއިން ބޭރަށް ނުކުތުމުގައިވެސް ހުދޫދުތަކެއް ކަނޑައަޅާފައެވެ.

މި މައްސަލައިގައި ހިމެނޭ މުއާޒުގެ ބަންދު މުރާޖައާ އަދި ކުރިއަކަށް ނުގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް މަޖިލީހުގެ ރައީސް ޖޭއެސްސީއަށް ހުށަހަޅުއްވައިފި
ގއ ވިލިނގިލީގައި ތިބި ޔާމީނުގެ ސަޕޯޓަރުންގެ ޝުކުރު ރައީސް ޞާލިޙަށް
ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާ، ކަރެކްޝަންސްއިން ބުނަނީ ހުއްދަދިންކަން އެނގިފައި ނެތްކަމަށް
ޕީއެންއެފް އުފެއްދުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަކަށް ޔާމީން އެދިވަޑައިގެންފި