ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 22:43
"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގެ ތެރެއިން
"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގެ ތެރެއިން
އެމްޑީޕީ
ށ. ފޯކައިދޫ ތަރައްގީގެ މަޝްރޫއުތައް
އަހަރަކު އެތައް ފަހަރަކު، ބޮޑު އަގުގައި ބޮޑު ވަޅު ހިއްކި ޒަމާން މިއަދު މާޒީވެއްޖެ - ށ. ފޯކައިދޫ ކައުންސިލްގެ ރައީސް
 
ފޯކައިދޫ ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާފައި ވަނީ އެމަނިކުފާނު ވައުދުވެވަޑައިގަތް ވަރަށްވުރެ މާ ފުރިހަމައަށް ކަމަށް އޭނާ ވިދާޅުވި
 
ފޯކައިދޫއަށް ރައީސް ސާލިހުގެ ދައުރުގައި ވަނީ ގިނަގުނަ ކަންތައްތަކެއް ކޮށްދެއްވާފައި ކަމަށް އޭނާ ވިދާޅުވި
 
ސާފު ފެން ފޯރުކޮށްދިނުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް އާސިފް ވިދާޅުވި

އަހަރަކު އެތައް ފަހަރަކު ބޮޑު އަގުގައި ބޮޑު ވަޅު ހިއްކި ޒަމާން މިއަދު މާޒީވެފައިވާ ކަމަށް، ށ. ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ ކުރިއަށްދިޔަ އެމްޑީޕީގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ޖަލްސާގައި އޭނާ ވަނީ، މި ދައުރުގައި ކުރިއަށްދިޔަ، އެރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ނަޖިސް ފެނުން ފެންވެރުމަކީ ރައްޔިތުންނަށް ހައްގު މިންވަރު ނޫންކަމަށް ދެކެވަޑައިގެން ރައީސް ކުރައްވަމުންދާ މަސައްކަތްޕުޅަކީ އާއްމުންނަށް ސާފު ފެން ފޯރުކޮށްދިނުމަށް ކުރައްވާ މުހިންމު މަސައްކަތްޕުޅެއް ކަމަށް އާސިފް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ވަނީ ފޯކައިދޫގެ ނަރުދަމާގެ ނިޒާމު ނިންމައިދީފައި ކަމަށާއި، އެ ނިޒާމުގެ ބޭނުން މިހާރު ރައްޔިތުން ދަނީ ކުރަމުން ކަމަށެވެ.

ފޯކައިދޫއަށް ރައީސް ސާލިހުގެ ދައުރުގައި ވަނީ ގިނަގުނަ ކަންތައްތަކެއް ކޮށްދެއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށްޓަކައި އެ ރަށުގެ ރައްޔިތުން ރައީސް ސާލިހަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން އެދެމުން އައި ކަންތައްތަކުގެ ތެރޭގައި އެ ރަށުގެ ބަނދަރުގެ މަސައްކަތް ހިމެނޭ އިރު، އެ މަސައްކަތް ނިންމަވައިދެއްވާފައި ވަނީ އެމަނިކުފާނު ވައުދުވެވަޑައިގަތް ވަރަށްވުރެ މާ ފުރިހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ރައްޔިތުން ދަނީ އެ ބަނދަރުގެ ބޭނުން ކުރަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ރަށުގެ މެދުގައި ހުރި ދުނބުޅި (ގެދަބުޅި) ގެއެއްފަދަ އިންޖީނުގެ ބަދަލުކުރުމާއި، އާ އިންޖީނުގެއެއް އިމާރާތްކުރުމާއި، ކޭބަލް ނެޓްވޯރކް އަޕްގްރޭޑްކޮށް ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވީ ވެސް ރައީސް ސާލިހު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖާގައިގެ ދަތިކަމުގެ ސަބަބުން، މީގެ ކުރިން ތިން ދަންފަޅިއަށް ބަހާލައިގެން ވެސް ފޯކައިދޫގެ ސްކޫލްގެ މަސައްކަތް މެނޭޖް ނުކުރެވޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ލިބުނީ މި ސަރުކާރުން އެ ރަށުގައި ހަތަރު ބުރީގެ އިމާރާތެއް ގާއިމްކޮށް، 13 ކްލާސްރޫމާއި، މަލްޓި ޕަރޕަސް ހޯލެއް އަޅައިދިނުމުން ކަމަށެވެ.

ހަމައެހެންމެ އެ ރަށު ފުޓުބޯޅަ ދަނޑާއި، އިންޑޯ ޖިމާއި އައުޓްޑޯ ޖިމާއި، ކޮމިއުނިޓީ ސެންޓަރުގެ އިތުރުން، ސިއްހީ ޚިދުމަތް ފުޅާކުރުމަށް ރައީސް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށް ޓަކައި އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ. އޭނާ ވަނީ އެ ރަށު ފަތާ ފެންގަނޑުގެ މަސައްކަތާއި އޭޓީއެމްގެ މަސައްކަތް، ކުރިއަށް ކުރަން ހުރި މަސައްކަތްތަކުގެ ހުރި ކަމަށް ވެސް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް