ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 10:53
ރައީސް ކޮމަންޑޫއަށް ވަޑައިގަތުން
ރައީސް ކޮމަންޑޫއަށް ވަޑައިގަތުން
ރައީސް އޮފީސް
ރައީސް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅު
ރައީސް ކޮމަންޑޫއަށް ވަޑައިގެންފި
ކޮމަންޑޫއިން ރައީސަށް ހޫނު މަރުހަބާއެއް ދަންނަވާފައިވޭ
މިއީ ށ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ އެއް ދުވަހުގެ ދަތުރުފުޅެއް
ކޮމަންޑޫގެ އިތުރުން ށ. އަތޮޅުގެ އިތުރު 3 ރަށަކަށް ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ކޮމަންޑޫއަށް ވަޑައިގެންފިއެވެ.

ރައީސް ށ. އަތޮޅަށް ވަޑައިގަތުމަށް ފުރާވަޑައިގަތީ އާދިއްތަ ދުވަހުގެ ހެނދުނުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ ށ. ކޮމަންޑޫއާއި ށ. މަރޮއްޓާއި ނޫމަރާގެ އިތުރުން ފޯކައިދޫއަށެވެ.

ރައީސް ކޮމަންޑޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ކޮންމެ ރަށެއްގައި ވެސް ކަންމަތީ ޖަލްސާއެއް ބާއްވަވާނެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ އެކި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.

ރައީސްގެ މިދަތުރުފުޅުގައި ށ. ފޯކައިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ އިފްތިތާހު ކުރައްވާ ބަނދަރު ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ފޯކައިދޫގެ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވާނެއެވެ.

މީގެއިތުރުން ފޯކައިދޫގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކެބިނެޓްގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން އެމްޑީޕީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް