ކ. މާލެ
|
5 ޖުލައި 2023 | ބުދަ 12:37
ރ އަތޮޅު އުނގޫފާރު
ރ އަތޮޅު އުނގޫފާރު
އުނގޫފާރު.ކޮމް
ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރ
އުނގޫފާރުގައި ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރެއް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަނީ
ބީލަން ހުޅުވުން އޮންނާނީ 2023 ޖުލައި 17 ވަނަ ދުވަހުގެ 10:30 ގައި
ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 ޖުލައި 13 ވަނަ ދުވަހުގެ 14:00

ރ އަތޮޅު އުނގޫފާރުގައި ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރެއް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާނު ކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި އިއުލާނެއްގައި ވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލާފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 ޖުލައި 13 ވަނަ ދުވަހުގެ 14:00 އެވެ.

މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން 2023 ޖުލައި 16 ވަނަ ދުވަހުގެ 13:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައި އޮންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2023 ޖުލައި 17 ވަނަ ދުވަހުގެ 10:30 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް
- ގުޅުންހުރި
2017 ވަނަ އަހަރު ފުލުހުންގެ ބައެއް ޑާޓާވަނީ ގެއްލިފައި: ތަރުޖަމާނު
ޖަމީލް ނިޔާވެފައި މައްސަލައިގައި ޝައްކުއުފެދޭ ކަންކަން ހުރުމުން އެކަން ބަލައިދިނުމަށް ޑިމޮކްރެޓްސްގެ ފަރާތުން އެޗްއާރުސީއެމްއަށް ހުށަހަޅައިފި
ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ގޭންގް ކުށްތައް މަދު ކުރުމަށް މަސައްކަތްތަކެއް ހިމެނިފައިވާނެ: ފުލުހުން
ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ 1.7 މިލިއަން ސިނގިރޭޓް އަތުލައިގަނެފި
ޖަމީލްގެ ހަށިގަނޑުގައި ހުރީ ގޯނާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫން، ޑޮކްޓަރުންނަށްވެސް ބެލެވެނީ އެހެން: ފުލުހުން
ޖަމީލްގެ މަރަށް ބަލާއިރު، އޭނާއަށް އެއްވެސް ފަރާތެއްގެ ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމަށް ނުބެލެވޭ: ފުލުހުން
ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާއި ގުޅިގެން ދިވެއްސަކު ހޯދަނީ
ފުވައްމުލަކުގައި ކުރިއަށްދާ އޮޕަރޭޝަންގައި 14 މީހުންނާއެކު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި