ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 12:17
ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
އައިޖީއެމްއެޗް
މެޑިކަލް ރެކޯޑު ބެލެހެއްޓުން
މެޑިކަލް ރެކޯޑުގެ ގޮތުގައި އެންމެ މަދުވެގެން ބަލަހައްޓަންޖެހޭ މިންގަނޑު އާންމުކޮށްފި
 
ޚިދުމަތް ލިބިގަންނަ މީހުންގެ މެޑިކަލް ރެކޯޑްސް ބެލެހެއްޓުމުގައި އެންމެ މަދުވެގެން އެ މިންގަނޑުތައް ހިފަހައްޓަން ޖެހޭ
 
އެންމެ މަދުވެގެން ބަލަހައްޓަންޖެހޭ މަޢުލޫމާތު ހެލްތް މިނިސްޓްރީން ވަނީ އާންމުކޮށްފައި

މެޑިކަލް ރެކޯޑުގެ ގޮތުގައި އެންމެ މަދުވެގެން ބަލަހައްޓަންޖެހޭ މިންގަނޑު މިނިސްޓްރީ އޮފް ހެލްތުން އާންމުކޮށްފިއެވެ.

މި މިންގަނޑަކީ ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ޤަވާއިދުގައި ލާޒިމުކޮށްފައިވާ މިންގަނޑެވެ.

އެގޮތުން ބަލާއިރު، މެޑިކަލް ރެކޯޑު އެކުލަވައިލުމާއި، ބެލެހެއްޓުމާއި، ހާމަކުރުމާއި، ރިޕޯޓު ކުރުމުގައި ޞީއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ހިމެނޭ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް އެ ޤާނޫނުގެ 72 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވާލައިފައިވާ "މެޑިކަލް ރެކޯޑާއި ބެހޭ ގަވާއިދު" ގެ 9 ވަނަ މާއްދާގައި ބަޔާންކުރާ އެންމެ މަދުވެގެން ބަލަހައްޓަންޖެހޭ މަޢުލޫމާތު ހެލްތް މިނިސްޓްރީން ވަނީ އާންމު ކޮށްފައެވެ.

ހެލްތް މިނިސްޓްރީން ވަނީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ  ހުރިހާ ފަރާތްތަކުން، ޚިދުމަތް ލިބިގަންނަ މީހުންގެ މެޑިކަލް ރެކޯޑްސް ބެލެހެއްޓުމުގައި އެންމެ މަދުވެގެން އެ މިންގަނޑުތައް ސިއްރު ހިފެހެއްޓޭނެ ގޮތަށް ރައްކާތެރިކަމާއި އެކު ބަލަހައްޓަމުން ގެންދިއުމަށް އަންގާފައެވެ.

އޭގެ ތެރޭގައި އައުޓް ޕޭޝަންޓް ޚިދުމަތްތަކަށް ޕޭޝަންޓުގެ ފުރިހަމަ ނަމާއި، އުމުރާއި، ޖިންސުގެ އިތުރުން، އުފަންވީ ތާރީޚާއި، އައިޑީކާޑު ނަންބަރާއި، އެޑްރެސް އަދި ނިސްބަތްވާ ޤައުމާއި، އޭނާގެ ޑައިގްނޯސިސްއާއި، ދެވިފައިވާ ފަރުވާއާއި، ބޭހާއި، އޭގެ ޑޯސޭޖާއި، ދިން ބޭހެއްގެ ސަބަބުން ނުރަނގަޅު އަސަރެއް ކޮށްފައިވާނަމަ އެކަމަކާއި، އެ ބަލިމީހަކަށް އެޓެންޑުވި ޑޮކްޓަރުންނާއި ނަރުހުންގެ މައުލޫމާތު ފަދަކަންކަންހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް