ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 12:57
ރިލްވާނުގެ މަރާއި ގުޅިގެން ހައްޔަރު ކުރި އަހުމަދު އިސްމާއިލް
ރިލްވާނުގެ މަރާއި ގުޅިގެން ހައްޔަރު ކުރި އަހުމަދު އިސްމާއިލް
ޕޮލިސް
ޔާމީނާއި ރިލުވާންގެ މައްސަލަ
ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
 
ފަނޑިޔާރު ނިންމެވީ އޭނާއަކީ އާއިލާއެއް ބަލަހައްޓަންޖެހޭ މީހެއް ވީމައި އޭނާ ބަންދުން ދޫކޮށްލުމަށް
 
ނިންމުން އިސްތިއުނާފު ކުރުމާމެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމާ

ޔާމީން ރަޝީދު މަރާލި މައްސަލައާއި އަހުމަދު ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު އިސްމާއިލް (އަހަނދު) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުމަދު އިސްމާއިލް (އަހަނދު)އާއި، އިސްމާއިލް އަބްދުލްރަހީމް (އިސޫ) ގެ އިތުރުން، އަހުމަދުމުއާޒް (ގަޓުމުއާ)އެވެ. އެ 3 މީހުން ހައްޔަރުކޮށްފައިވަނީ 26 ޖޫން 2022 ގައެވެ.

އެ 3 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އަހަނދު ދޫކޮށްލާފައިވަނީ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ. އެ އަޑުއެހުމުގައި ފަނޑިޔާރު ނިންމެވީ އޭނާއަކީ އާއިލާއެއް ބަލަހައްޓަންޖެހޭ މީހެއްކަމަށް ވުމުން އޭނާ ބަންދުން ދޫކޮށްލުމަށެވެ.

އެ ނިންމުން އިސްތިއުނާފު ކުރުމާމެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް