ކ. މާލެ
|
5 ޖޫން 2023 | ހޯމަ 15:44
ރައީސުލްޖުމްހޫރިއްޔާ  އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ގެ ތެރެއިން
ރައީސް އޮފީސް
ރައީސް އުކުޅަހަށް
ރައީސް އުކުޅަހަށް ވަޑައިގަންނަވަނީ
 
އުކުޅަހުގައި ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށްދާ ރަސްމީ ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ
 
ރައީސް އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވީ މިއަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އުކުޅަހަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހޮނިހިރު ދުވަހު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވީ މިއަދުއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މިއަދު އއ. އުކުޅަހަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ. އެމަނިކުފާނު އުކުޅަހަށް ވަޑައިގަންނަވަނީ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށް މިއުވާން ވިދާޅުވިއެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެންނަޔަރަންމެންޓް މިނިސްޓަރ އައިމިނަތު ޝައުނާވެސް ވަނީ މިހާރު އުކުޅަހަށް ވަޑައިގެންފައެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުކުޅަހުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާއިރު، ރުއް ގަސް އިންދުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް މި އަހަރު ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ އުކުޅަހުގައެވެ. އުކުޅަހުގައި މި ހަރަކާތްތައް ކުރިއަށް ގެންދަނީ އެންނަޔަރަންމެންޓް މިނިސްޓްރީ އާއި އުކުޅަސް ކައުންސިލް ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް