ކ. މާލެ
|
4 ޖޫން 2023 | އާދީއްތަ 13:53
"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
އިންޑިއާގެ ރޭލު އެކްސިޑެންޓް
"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
 
އޭނާގެ ލޯ ކުރިމަތީގައި ދަރިފުޅު މަރުވީ ދަނގަޑުތައް ދަށުވެ، ސަލާމަތްކޮށްދިނުމަށް މަންމައަށް ގޮވަމުންދަނިކޮށް

ދަރިއަކަށް ދެރައެއް ލިބުމުން މައިމީހާގެ ލަގޮނޑިއަށް ކެތް ނުވާނެކަން ދުނިޔެ ހެކިދެއެވެ. ތިމާގެ ދަރިފުޅު ބަލި އެނދުގައި އޮންނައިރު، އެދަރިފުޅު ތަހައްމަލުކުރާ ވޭނުގެ އަސަރު މައިމީހާއަށް ކުރެއެވެ. ދަރިފުޅު ރޮންޏާ އެއައްވުރެ ބޮޑަށް މައިމީހާއަށް ރޮވެއެވެ. ދަރިފުޅު އުފާވެފައި ހުރިއްޔާ މަންމަ އެއަށްވުރެ އުފާވެއެވެ. މައިންނާއި ދަރިންގެ ގުޅުމަކީ ބުނެދޭން ވެސް އަދި ބަޔާން ކުރަން ވޭސް ނޭގޭހާ ބޮޑަށް ގުޅިފައިވާ ކަމަކަށްވާއިރު، ތިމާގެ ލޯ ކުރިމަތީގައި ތިމާގެ ދަރިފުޅު މަރުވެގެންދާތަން ބެލުން އެއީ އެއްވެސް މަޔަކަށް ކެތްވާނެ ކަމެއް ނޫނެވެ. ނަމަވެސް މިއީ ގިނަ މައިން ތަޖުރިބާ ނުކުރާ ކަމެކޭ ބުނެވޭކަށް ނެތެވެ.

މިފަހުގެ ތާރީހެއްގައި އަވައްޓެރި އިންޑިއާގައި ހިނގާދިޔަ އެންމެ ނުރައްކާތެރި ރެއިލް އެކްސިޑެންޓްގައި މިފަދަ ހިތާމަވެރި އެތައް ހާދިސާއެއް މިވަނީ ހިނގާފައެވެ. އެކްސިޑެންޓުގައި އަނިޔާވި އުމުރުން 55 އަހަރުގެ ކޮޝިޑާ ޑަސް، އަނިޔާތަކަކާއެކު ސަލާމަތްވި ނަމަވެސް، އޭނާގެ ފުރާނައިގެ އެއްބައި އެކްސިޑެންޓުގައި ދުނިޔެއާ ވަކިވެދިޔައީއެވެ. ކޮޝިޑާ ރޭލުގައި ދަތުރުކުރަމުން ދިޔައީ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅާއެކުއެވެ. އެދެމައިން ރޭލުގައި ތިއްބައި، ދިވާލީގައި މީހުން ހަވާ އަރުވަން ފެށުމުން އިވޭ ފަދަ ބާރު އަޑުފައްގަނޑެއް އިވުނުކަމަށް ކޮޝިޑާ ކިޔައިދިނެއެވެ. އަދި އެއިވުނީ ކޮން އަޑެއްތޯ އާއި ވަނީ ކިހިނެއްތީ ދެމައިން އެކަކު އަނެކަކާ ސުވާލު ކުރިކަމަށް އޭނާ ކިޔައިދިނެވެ.

ނަމަވެސް މާގިނަ އިރުތަކެއް ނުވެ، ރޭލު ފުރޮޅާލައި އެދެމައިންވެސް އެއްކޮޅުން އަނެއްކޮޅަށް ދާންފެށިއެވެ. ކޮޝިޑާއަށް ދެން ފެނުނީ އޭނާގެ އަންހެން ދަރިފުޅު، ރޭލުގެ ދަގަނޑުތައް ދަށުވާން ފެށިމަންޒަރެވެ. އޭނާގެ ލޯ ކުރިމަތީގައި ދަރިފުޅު މަރުވީ ދަނގަޑުތައް ދަށުވެ، ސަލާމަތްކޮށްދިނުމަށް މަންމައަށް ގޮވަމުން ދަނިކޮށެވެ. އެވަގުތު ކޮޝިޑާގެ ބޮލަށްވެސް ދަގަނޑުގަނޑެއް ވެއްޓި އެތަނުގައި އޭނާ ތާށިވިއެވެ. އަދި ވެއްޓުނު ބޮޑެތި ދަގަނޑުތަކެއް ނަގައި އެއް ފަރާތަށް ޖައްސާނެ ބާރުވެސް ނެތެވެ. އޭނާގެ ކުރިމަތިން ދަރިފުޅު މަރުވާ މަންޒަރު ބެލުން ފިޔަވައި އިތުރު ކަމެއް އޭނާއަކަށް ނުކުރެވުނެވެ. މަޖުބޫރީ އެހާލަތުގައި ހިތްދަތިވެފައި އޭނާއަށް ވެސް ދަގަނޑު ދަށުގައި ކަސްތޮޅު އެޅުވިފައި އެޒަހަމާއި، ތަދާއެކު އޮންނަން މަޖުބޫރުވީއެވެ.

މިއަދު ކޮޝިޑާ ދުނިޔޭގައި ހުރި ނަމަވެސް އެކުއްޖާ ސަމާތްކުރަން އެއްވެސް ކަމެއް ނުކުރެވުން އެއީ އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވި، ވިސްނޭނެ ކަމެކެވެ. ކޮޝިޑާ ކިޔާދިން ގޮތުގައި އަބަދުވެސް ދަރިފުޅުމެދު ވިސްނެއެވެ. އެ ހާދިސާގައި ދަރިފުޅު ދަށުނުވެ އޭނާ ދަށުވިނަމަ ކިހައި ރަނގަޅުވީސް ކަމަށް އޭނާ ބުންޏެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާއެކު ކޮޝިޑާގެ ފުރާނަ ސަލާމަތްކުރެވުނު ނަމަވެސް، މި އެކްސިޑެންޓުގެ ލައްތައް އެއީ ދުވަހަކުވެސް ފިލާނެ ލައްތަކެއް ނޫނެވެ. އެބިރުވެރިކަމާއި، ގޮތް ހުސްވެފައިހުރި ހާލު، ލޯ ކުރިމަތީގައި، ދަރިފުޅު މަރުވެގެން ދިޔަ މަންޒަރަކީ ދުވަހަކުވެސް ކޮޝިޑާގެ ހަނދާނުން ފުހެލެވޭނެ ހަނދާންތަކެއް ނޫނެވެ.

މިހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 280ށް ވުރެ މައްޗަށް އަރައިފައެވެ. 800ށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، މިއިން ކޮންމެ މީހަކީވެސް މިފަދަ ހިތާމަވެރި ހާދިސާއަކާއެކު ފުރާނަ ސަލަމާތްވެފައިވާ މީހުންނެވެ. ޖޫން ދެ ވަނަ ދުވަހު، އިންޑިއާގެ އޮޑިއްސާގައި ދެ ފަސިންޖަރު ރޭލަކާއި މުދާއުފުލާ ރޭލެއް ޖެހި ހިނގި އެކްސިޑެންޓުގެ ސަބަބުން މީހުން ސަލަމާތްކުރުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެެވެ. މީހުންގެ ހަށިގަނޑުތައް ސަލާމަތްކުރެވޭ ވަރަކަށް މިއެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް އިންޑިއާގެ އޮފިޝަލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
14%
9%
57%
11%
2%
7%
ކޮމެންޓް
ގުޅުންހުރި
އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ