Advertisement
ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 11:26
މާރާމާރީ ހިންގަން ބޭނުންކުރަން އުޅުނު ކަތިވަޅިއެއް
މާރާމާރީ ހިންގަން ބޭނުންކުރަން އުޅުނު ކަތިވަޅިއެއް
ރާއްޖެއެމްވީ
މާރާމާރީ
ރޭ ހިންގަން އުޅުނު މާރާމާރީއާ ގުޅިގެން އެކަކު ހައްޔަރު ކޮށްފި
މި މާރާމާރީ ހިންގަން އުޅުނީ ރޭ 11:25 އެހާއިރު
ފުލުހުންގެ ހައި ވިޒިބިލިޓީ ފުލުހުން ވަނީ މި މާރާމާރީ ހުއްޓުވާފައި
މި މައްސަލައިގައި ހައްޔަރު ކުރީ 25 އަހަރުގެ ދިވެހި ފިރިހެނެއް

ރޭ މާލޭގައި ހިންގަން އުޅުނު މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މި މާރާމާރީ ހިންގަން އުޅުނީ ރޭ 11:25 އެހާއިރު މަޖީދީ މަގުގައި ހުންނަ ޑައިނަމޯ ކައިރީގައެވެ. ނަމަވެސް ފުލުހުންގެ ހައި ވިޒިބިލިޓީ ފުލުހުން ވަނީ މި މާރާމާރީ ހުއްޓުވާފައެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގަން އުޅުނު މައްސަލައިގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މާރާމާރީ ހިންގަން އުޅުނު އިތުރު މީހުން ފިލާފައިވާ ކަަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

Advertisement

މާރާމާރީ ހުއްޓުވުމުން ފިލަން ދުވި މީހުންގެ ތެރެއިން ދެ މީހަކު ފިލީ ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށާއި އެ ސައިކަލު ޓޯވ ކޮށްފައިވައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު މާރާމާރީ ހިންގަން އުޅުނު މީހުން ދެނެގަތުމަށް ވެސް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

މާރމާރީ ހިންގަން އުޅުނު ސަރަހައްދުގެ މަގުމަތިން ކަތިވަޅިއެއް ފެނިފައިވާއިރު މަންޒަރުދުށް ބައެއް މީހުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން ބުނީ އެކަކު އަނެކެއްގެ ގައިގައި ކަތިވަޅިން ޖަހަން މަސައްކަތްކުރިކަމަށެވެ. އަދި ސަރަހައްދު ކޮންޓްރޯލްކުރުމަށް ފުލުހުން ޕެޕަރސްޕްރޭވެސް ޖެހިކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް