Advertisement
ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 13:15
ޖޭފޯ އެމްޑީޕީއަށް ސޮއި ކުރެއްވުން
ޖޭފޯ އެމްޑީޕީއަށް ސޮއި ކުރެއްވުން
އެމްޑީޕީ
ޖޭފޯ އެމްޑީޕީއާ ގުޅިވަޑައިގަތުން
ނިލަންދޫ ދާއިރާގެ މެމްބަރު ޖޭފޯ އެމްޑީޕީއަށް ސޮއިކުރައްވައިފި
ޖޭފޯގެ އާއިލާގެ 10 މެމްބަރަކު އެމްޑީޕީއާ ގުޅިފައިވޭ
ނިލަންދޫއިން 50 މީހުން މިއަދު އެމްޑީޕީއަށް ސޮއިކުރި
ރައީސް ވަނީ އެމްޑީޕީއަށް ސޮއިކުރި ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައި

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ހޮނިހިރު ދުވަހު ނިލަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖޭފޯގެ އިތުރުން، އޭނާގެ އާއިލާގެ 10 މެމްބަރަކާއި އެރަށުގެ އިތުރު 50 މީހުން ވަނީއެމްޑީޕީއަށް ސޮއިކޮށްފައެވެ. މި ރަސްމިއްޔާތަށްފަހު ހުރިހާ ފޯމެއް ޖޭފޯ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަތްޕުޅަށް އަރުވައިފައެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމާއި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގަތެވެ.

ޖޭފޯއާއި، ނިލަންދޫއިން އެމްޑީޕީއާ ގުޅުނު މެމްބަރުންނަށް މަރުހަބާ ވިދާޅުވެ ރައީސް ވިދާޅުވީ، އައު މެމްބަރުންނާއެކު ނިލަންދޫގައި އެމްޑީޕީގެ ހަރަކާތްތައް އިތުރުވެގެން ދާނެކަމަށެވެ. އަދި ޖޭފޯ އެމްޑީޕީއާ މިއަދު ގުޅިވަޑައިގަތްނަމަވެސް އެއީ އަބަދުވެސް އެމްޑީޕީއާއި އަދުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ މެމްބަރެއްކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން މަޖިލީހުގެ މެމްބަރަކު އަލަށް އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މީގެ ސަބަބުން ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ފަސޭހަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، އަލަށް ގުޅިވަޑައިގެންނެވިނަމަވެސް ޖޭފޯއަކީ އަބަދުވެސް އެމްޑީޕީއާއެކު މަސައްކަތްކުރައްވާ މެމްބަރެއް ކަމަށެވެ. އަދި މި ވަގުތުގައި ޖޭފޯ އެޕާޓީއާ ގުޅިވަޑައިގަތުމަކީ ޕީޖީ ގްރޫޕަށްވެސް ލިބޭ ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދަކީ ކުރިން މިނިވަން މެމްބަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް