ކ. މާލެ
|
23 މެއި 2023 | އަންގާރަ 14:37
ުިނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން
ުިނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން
މަޖިލިސް
ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން
ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
ވަރަށް އަވަހަށް ރަސްމީކޮށް އެކަން އިއުލާން ކުރާނެ
އީވާ މަޖިލީހުގެ ނައިބް ރައީސްކަމުން ދުރުކުުރުމަށް އެމްޑީޕީގެ ޕީޖީން ހުށަހެޅި ޕެޓިޝަނުގައި މުހުސިން ސޮއިކުރައްވާފައިވޭ

ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އަށް ސޮއިކުރައްވައިފިއެވެ.

މިކަން ހާމަވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުމަށް އެމްޑީޕީގެ ޕީޖީގެ މެންބަރު ސޮއިކުރައްވާ ހުށަހެޅި ޕެޓިޝަނުގައި މެންބަރު މުހުސިން ސޮއިކުރެއްވާފައިވާތީއެވެ.

މުހިސަނަކީ މަޖިލީހުގައި ހިމެނޭ މިނިވަން މެންބަރުންގެ ތެރެއިން މެންބަރެކެވެ. ނަމަވެސް ސަރުކާރުގެ ބައެއް ކަންކަމުގައި އޭނާގެ އެއްބާރުލުން އަބަދުވެސް ލިބިފައިވެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫއްޕުން ހުށަހެޅި ޕެޓިޝަނުގައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޕާލަމަންޓްރީ ގްރޫއްޕުގެ ފަރާތުން "އަޅުގަނޑުމެން" ސޮއިކޮށް ހުށަހަޅަމެވެ.

ސޮއިކޮށްފައިވާ 50 މެންބަރުންގެ ތެރޭގައި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ވެސް ހިމެނެއެވެ. އެހެންކަމުން އޭނާ އެމްޑީޕީއަށް ސޮއިކުރައްވާފައިވާކަން ހާމަވެއެވެ.

މިކަމާއި ގުޅިގެން މުހުސިން "ރާއްޖެއެމްވީ" ވިދާޅުވި އެމްޑީޕީއާ ގުޅުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެމްޑީޕިއާއި ގުޅިވަޑައިގަތް ކަމެއް ކަށަވަރުކޮށް ނުދެއްވައެވެ. އަދި ވަރަށް އަވަހަށް އެކަން ރަސްމީކޮށް އިއުލާންކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް