ކ. މާލެ
|
23 މެއި 2023 | އަންގާރަ 14:13
ޓެނިސް އެސޯސިއޭޝަނާއެކު އެއްބަސްވުން އައުކޮށް، އައު އެއްބަސްވުން ބަދަލުކުރަނީ
ޓެނިސް އެސޯސިއޭޝަނާއެކު އެއްބަސްވުން އައުކޮށް، އައު އެއްބަސްވުން ބަދަލުކުރަނީ
ބީއެމްއެލް
ޓެނިސް އެސޯސިއޭޝަން
ބޭންކް އޮފް މޯލްޑިވްސް އާއި ޓެނިސް އެސޯސިއޭޝަންގެ ޕާޓްނަރޝިޕް އައުކޮށްފި
ކުރިއަށް އޮތް 3 އަހަރު ޤައުމީ ޓެނިސް ޗެންޕިއަންޝިޕް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެ

ރާއްޖޭގައި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއެކު ވެފައިވާ އެއްވަސްވުން އައުކޮށްފިއެވެ.

މި އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ އަދި ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަފީޒެވެ.

މި އެއްބަސްވުމުގެ ދަށުން، ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް 3 އަހަރު ޤައުމީ ޓެނިސް ޗެންޕިއަންޝިޕް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ, ޤައުމީ ޓެނިސް ޗެންޕިއަންޝިޕް އަކީ ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް މުބާރާތް ކަމަށެވެ. ބީއެމްއެލްއިން ޓެނިސް އެސޯސިއޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޒުވާން އެތްލީޓުންގެ ހުނަރު އިތުރަށް ފުޅާކުރުމަށް އެހީތެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މި ގޮތުން ބީއެމްއެލް އަކީ ޤައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރ އެވެ. އަދި ޤައުމީ ސަރފިންގ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރ ގެ އިތުރުން ސުއިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ޤައުމީ ޕާޓްނަރ އަކީވެސް ބީއެމްއެލްއެވެ.

މީގެ އިތުރުން، ސްޕޯޓްސް ސްކޮލަރޝިޕް ފަންޑުގެ ދަށުން ބީއެމްއެލް އިން މިހާރުދަނީ ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި އެތްލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސް ގެ ތަމްރީން ހޯދުމަށް ރާއްޖޭގެ 7 އެތްލީޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

- ކޮމެންޓް