ޓެނިހުގެ ދުނިޔޭގެ މުބާރާތް, ބިލީ ޖީން ކިންގ ކަޕްގައި ރާއްޖޭގެ ގައުމީ ޓެނިސް ޓީމުން ހޯދި ނަތީޖާ ރަނގަޅުކަމަށް އެސޯސިއޭޝަނުން ބުނެފިއެވެ.
ބަހުރެއިންގައި ކުރިއަށް ގެންދިޔަ ރާއްޖެ ހިމެނޭ އޭޝިޔާ/އޯސޭނިޔާ ގްރޫޕް ތިނެއްގައި ރާއްޖެ ނިންމާލީ 5 ވަނާގައެވެ. މިގްރޫޕްގައި 14 ގައުމު ހިމެނުނެވެ. ރާއްޖެއިން ވަނީ ފުރަތަމަ މެޗުގައި ބަހުރެއިން ބަލިކޮށްފައެވެ. ބަހުރެއިންއާ ދެކޮޅަށް ރާއްޖެއިން ފުރަތަމަ ކުޅެން އަރާ ލަޔާން މުހައްމަދު ޝާމިން ވަނީ ސީދާ ދެ ސެޓުން ހާޖަރު ޒައިދާން ބަލިކޮށްފައެވެ. އެއީ 6-1, 6-2 ނެވެ. އާރާ އާސަލް އާޒިމް ނިކުތީ ބަހުރެއިންގެ ސަލްމާ ފަރަގަاللهއާ ދެކޮޅަށެވެ. އާރާ ވަނީ 6-1, 6-0 ން ކުރި ހޯދާފައެވެ. ފުރަތަމަ ޑަބަލްސްގައި ނިކުތީ އާރާއާއި, ލަޔާން ޝާމިންގެ ޕެއަރއެވެ. ސީދާ ދެ ސެޓުން ކާމިޔާބުހޯދީ ސަލްމާ އާއި ހާޖަރު ޒައިދާންގެ ޕެއަރގެ މައްޗަށެވެ. އެއީ 6-1, 6-0 ނެވެ.
އޭގެފަހުން މަކާއޯގެ މައްޗަށް ކުރިހޯދިއެވެ. އެ މެޗުގެ ފުރަތަމަ ސިންގަލްސްގައި 16 އަހަރުގެ ލަޔާން މުހައްމަދު ޝާމިން ނިކުމެ މަކާއޯގެ ލެއޮން ވެންގް ސި އަތުން ސީދާ ދެ ސެޓުން ބަލިވީއެވެ. އެއީ 7-5، 6-1 ނެވެ. އެކަމަކު ދެވަނަ ސިންގަލްސްގައިރާއްޖޭގެ އެއްވަނަ އާރާ މޮޅުވެ އުއްމީދު ހޯދައިދިނެވެ. އާރާ އާސަލް އާޒިމް މެޗު ކާމިޔާބުކުރީ ލައު ޖެމީއާ ވާދަކޮށެވެ. އެއީ 7-6(3), 0-6, އަދި 2-6 އިންނެވެ. އެއުއްމީދުގައި ކުޅެ ރާއްޖެ މޮޅުކޮށް ދިނީ ޑަބަލްސް މެޗުގައި ނަޔާރާ އުސާމާ އަލީ އާއި މިޝާލް މުހައްމަދުއެވެ. އެދެކުޅުންތެރިން ޑަބަލްސް ކާމިޔާބުކުރީ 6-0، 6-2 ނެވެ.
ފަހު މެޗުގައި ސައުދީ އަރަބިޔާވެސް 2-1 ން ބަލިކުރިއެވެ. އެކަމަކު އޭގެ ކުރިން ލާއޯސް އަތުން 2-1 ން ބަލިވިއެވެ. ފަސްވަނަ ޔަޤީންކުރީ ފަހު މެޗުގައި ސައޫދީ ބަލިކޮށްގެންނެވެ.