ކ. މާލެ
|
22 މެއި 2023 | ހޯމަ 18:05
މެމްބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ހޯދަމުންދާ މީހާ
މެމްބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ހޯދަމުންދާ މީހާ
ޕޮލިސް
މެމްބަރު ޒަރީރަށް ހަމަލާދިނުން
މެމްބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު މީހާ ހޯދަމުންދާތާ ހަފްތާއެއް، އަދިވެސް ނުފެނޭ
މި މައްސަލައިގައި ހޯދަމުންދަނީ ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (32އ)
އޭނަ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން

މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރަށް ޙަމަލާދިން މައްސަލައިގައި ހޯދަމުންދާ މީހާ އަދިވެސް ފެނިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު ފުލުހުން ވަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކ.މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (32އ) ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އޭނަ ހޯދަމުންދާތާ ހަފްތާއެއް ވެފައިވާއިރު ހޯމަ ދުވަހު ފުލުހުން ބުނީ އޭނާ އަދިވެސް ހޯދިފައިނުވާކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މެންބަރު ޙަސަން ޒަރީރަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެނެވެ. އަދި އޭނާއަށް ޙަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ. ޙަމަލާ ދިނީ ކޮން ބައެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ޙަމަލާއާ ގުޅިގެން ލިބުނު އަނިޔާއަށް އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައެވެ.

މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެމީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް