Advertisement
ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 13:19
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މެނިފެސްޓޯ އެކުލަވާލުން
އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ޚިޔާލު ހޯދަނީ
ޓީމުތަކުން ގޭގެއަށް ޒިޔާރަތްކުރުމުގެ އިތުރުން ވަކިވަކި ބައްދަލުވުންތައް ބާއްވާނެ

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް އެ ޕާޓީން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު މެނިފެސްޓޯ އެކުލަވާލުމަށް އާންމުންގެ ޚިޔާލު ހޯދުމަށް ޕާޓީގެ ބޭފުޅުން ރަށްރަށް ދަތުރުތައް ކުރާނެ ކަމަށެވެ.

ހުރިހާ ރަށެއްގައި ޓީމުތައް ހަރަކާތްތެރިވާނެ ކަމަށާއި 400 ގާތްކުރާ އަދަދަކަށް މާލެއިން މީހުން މި މަސައްކަތްތަކުގައި ފުރާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

އިބްރާހީމް ވަހީދު ވިދާޅުވީ މި ދަތުރުގައި މެނިފެސްޓޯ އަށް ބޭނުންވާ މައުލޫމާތު އެއްކުރާނެ ކަމަށާއި ހުކުރު ދުވަހު ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނެގުން އޮންނާނެ ކަމަށެވެ.  

އޭނާ އިތުރަށް ވިދާޅުވީ ރިޔާސީ ކެޕްމެއިނަށް ވާންޖެހޭ އެހެނިހެން ތައްޔާރީތައް ވެސް ވަމުންދާކަމަށެވެ. މި ޓީމުތަކުން ގޭގެއަށް ޒިޔާރަތްކުރުމުގެ އިތުރުން، ވަކިވަކި ބައްދަލުވުންތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޕްރައިމަރީ ކާމިޔާބުކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އިންތިޚާބަށްފަހު ރައީސް ސާލިހަށް ވަނީ ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓްވެސް އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް