ކ. މާލެ
|
17 މެއި 2023 | ބުދަ 11:19
ގެއްލިގެން ހޯދަމުންދާ އާތިފް
ގެއްލިގެން ހޯދަމުންދާ އާތިފް
މޯލްޑިވްސް ޕޮލިސް ސާރވިސް
މާލެއިން މީހަކު ގެއްލިގެން ހޯދުން
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
 
ގެއްލިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ (30އ)

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ގެއްލިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ (30އ) ކަމަށެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އަލީ އާތިފް ސާފީގެ ޚަބަރެއް ނުވާތީ އޭނާގެ އާއިލާގެ ފަރާތުން އެ މައްސަލަ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އޭނާ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށް، އޭނާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން އާތިފް ހޯދިފައެއް ނުވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އާތިފް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް